ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ކުރިމިނަލް ކޯޓުގައި ފެށިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު ފަހު 12:45 ގައެވެ. ޝަރީއަތިގެ މަޖިލީސް ރާއްޖޭގެ ޓީވީ ތަކުން ދަނީ ލައިވް ކުރަމުންނެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް، ދައުލަތުން އެންމެ ފަހުން ހުށައެޅި ލިޔުންތަކަށް ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހޭތީ އެކަން ކުރީ ބައިގައި އަންގާފައި ނުވުމުން އެ ދުވަހު ތާވަލު ކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލަމުން ދާއިރު، އެއީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައެކެވެ.

ރައީސް ޔާމީނު ޝަރީއަތުގެ މަޖިލީހުގައި ލޯޔަރުންނާ އެކު

އަދި އެ ފައިސާތައް ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ލޯންޑާ ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ އެކައުންޓުތަކަށް 3 މަޝްރޫއެއްގެ ނަގުދު ފައިސާ ވެދެފައިވާ މައްސަލައެއްވެސް އޭސީސީން ބަލަމުން އެބަދެއެވެ. ނަމަވެސް މިކަން ރައީސް ޔާމީން ވަނީ ދޮގުކުރައްވާފައެވެ.

އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ވެސް ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކިން ހުށަހަޅައިފާވެއެވެ. ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ހިމެނެއެވެ.