ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓަރަށް ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ހެލްތް މިނިސްޓަރާ ސުވާލުކުރުމަށް އެދި ހުށަހަޅުއްވައިފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ހުށަހަޅުއްވައިފައި ވަނީ ރ މަޑުއްވަރީ އަދި ރ. މީދޫ ސިއްހީ މަރުކަޒާ ގުޅޭގޮތުން މިނިސްޓަރު އަމީނާ ސުވާލު ކުރެއްވުމަށެވެ.
އެގޮތުން މަޑުއްވަރި އަދި މީދޫގެ ސިއްހީ މަރުކަޒާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ފޮނުވައިފައިވާ ނޯޓިސްގައި ވަނީ މަޑުއްވަރީ ސިއްހީ މަރުކަޒު އަލުން ޑިޒައިން ކޮށް ބީއޯކިއު ހަދާނެ ފަރާތެއް ހޯދުމަށް މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ހުޅުވާލައިފައި ކަމަށާއި، އެހެން ކަމުން މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ފަށާނީ ކިހާ ހިސާބެއްގައިތޯ އޮޅުން ފިލުވުމަށާއި، އަދި އެ ދެ ސިއްހީމަރުކަޒު ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ސެކިއުއާ ކުރެވިފަވޭތޯ އޮޅުން ފިލުވުމުގެ އިތުރުން އެ އިމާރާތް ނިމި އެތަނުގެ ހިދުމަތް ދޭން ފެށޭނެ މުއްދަތު ސާފުކޮށް ދެއްވުމަށް އެދި ވަޑައިގެންފައެވެ.
މަޑުއްވަރީ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް ހެލްތު މިނިސްޓްރީ އިން ވަނީ މާޗް މަހުގެ ތެރޭގައި ނިންމާފައެވެ. އަދި މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ގޮތުގައި އަލުން ތަރައްގީ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
މި ދެރަށުގެ އިތުރުން ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް އެ މިނިސްޓްރީން މި އަހަރުގެ ތެރޭގައި ނިންމިއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައިވާ ތަންތަނަކީ ގދ. ގައްދޫ ސިއްހީ މަރުކަޒާއި، ތ. ތިމަރަފުށީގެ ސިއްހީ މަރުކަޒާއި، އދ. މާމިގިލި ސިއްހީ މަރުކަޒާއި، ޅ. ހިންނަވަރުގެ ސިއްހީ މަރުކަޒުގެ އިތުރުން ހއ. އިހަވަންދޫ ސިއްހީ މަރުކަޒެވެ
ސިއްޚީ އެއްވެސް ކަމެއް ރަގަޅެއްނުކުރެވުނު...ކޮންމެވެސް ފައިދާ ގަނޑެއް ނެގޭތޯ އުޅޭނީ ޖަމީލް ބުނެގެން...އަވަހަށް ވަކިކުރޭ...ރައީސް ސޯލިހު އާވީމަ އެޑްވާންޓޭޖް ނަގައިގެން މުއްސަނދިވަނީ...މީނަޔާ އަލީވަހީދާއި މަލީހު...ސަރުކާރުވެސް ފެއިލްކޮށްލަނީ....ސާބަހޭ