ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން ދާ ފުލެޓްތަކަކީ ކުދި ކޮތަރު ކޮށިތަކެއް ކަމަށް ބުނަމުން ދަނީ މީހުންނަށް ބިރު ދައްކާ މާލޭގެ ކުލީގެ އަގު ވެއްޓިދާނެތީ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ފެށި ފްލެޓް ތަކަކީ ކުދި ކޮތަރުކޮށި ތަކެކޭ ކިޔައިގެން ރައްޔިތުންނަށް ބިރު ދައްކަނީ އެ ތަންތަނަށް މީހުން އައިސް މާލޭގެ ކުލީގެ އަގު ވެއްޓިދާނެތީ ކަމަށެވެ.
ސައީދު ވިދާޅުވީ ހިޔާ މަޝްރޫއަކީ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ވަރަށް ފުރިހަމަކޮށް ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ފެށި މަޝްރޫއެއް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ކޮލެޓީކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ކޮތަރު ކޮށި އަޅަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެތަނުގައި ހުރީ އެންމެ ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ވަރަށް ފުނަށް ޕައިލް ކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ކޮތަރު ކޮށްޓޭ ކިޔައިގެން ބިރު ދައްކަނީ ރަށްރަށުން މީހުން އެތަނަށް އައިސްދާނެތީ ކަމަށާ، އެއިރުން މާލޭގެ ކުލީގެ އަގު ވެއްޓޭނެ ކަމަށެވެ.
ހިޔާގެ މަޝްރޫއުގެ ދަށުން 7000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވީ ނަމަވެސް، އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލާ އެކު ފްލެޓްތަކުގެ އަދަދު 6،860 އަށް ވަނީ މަދުކޮށްފައެވެ.
ޢަދި ކިރިޔާ ތިބުނެވުނީ ތެދެއް ............!