މިދިޔަ ސަރުކާރުގައި ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ގިނަ ޖަނަރޭޓަރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ގިނަ ޖަނަރޭޓަރުތައް ހަލާކުވެފައިވާ އިރު، އެ އެތެރެ ކުރީ ކޮންތާކުން ކަމެއް ވެސް އެނގެން ނެތް ކަމަށެވެ.

ސައީދު ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ޖެނެރޭޓަރުގެ 60 އިންސައްތަ ވެސް ބޭނުން ނުކުރެވޭ ކަމަށެވެ. އަދި ގިނަ ޖެނަރޭޓަރުތަކުގެ ޑައިނަމޯ އާއި ރޭޑިއޭޓަރުތައް ފަޅައިގެންގޮސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖެނަރޭޓަރުތައް ގެނެވުނު ތަން ނޭނގުމުގެ ސަބަބުން ޖެނަރޭޓަރުތައް ހެދޭނެ އެއްވެސް ގޮތެއް ނެތް،" ފެނަކަ އެމްޑީ ސައީދު

މަޖިލިސް ކޮމިޓީގައި ސައިދު ވަނީ ފެނަކަ ކޯޕަރޭޝަނަށް ލިބެމުން އަންނަ ގެއްލުންތައް މެންބަރުންނަށް ސާފުކޮށްދެއްވާފައެވެ. އަދި ފެނަކަގެ މިހާރުގެ ތަފާސް ހިސާބުތައް ވެސް ކޮމެޓީގެ މެމްބަރުންނާއި ހިއްސާކުރައްވާފައިވެއެވެ.