ހައްދު ފަހަނައަޅާފައި ވާ ފިކުރަށް ހެއްލި އަނިޔާވެރި ކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރި ކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުސަތުތައް މަދުވުމުން ކަަމަށް ދިވެހިރާއްޖޭގެ ޒުވާނުން ހައްދު ފަހަނައަޅައި ދިޔުމަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް ކުރި ދިރާސާއިން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާގޮތުގައި މިގޮތަށް މެދުވެރިވަނީ ކޮރަޕްޝަން، ތައުލީމާއި ގުޅޭ މައްސަލަތައް، މަސްތުވާތަކެތި، ވަޒީފާ ނުލިބުން، ގެދޮރުވެރިކަން ދަތިވުން، ގޭންގް މާރާމާރި، އަދި ވަޔަލަންޓް އެކްސްޓްރީމިޒަމް ފަދަ ކަންތައްތަކާއި ގުޅިގެން ކަމަށް މި ދިރާސާގައި ބައިވެރިވި ބައިވެރިން ފާހަގަކުރިއެވެ.

މި ދިރާސާ ކުރެވިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުން މި އަހަރުގެ ފެބްރުއަރީ އަށެވެ. މި ދިރާސާގެ މަގުސަދަކީ ދިވެހިރާއްޖޭގެ ޒުވާނުން ހައްދު ފަހަނައަޅައި ދިޔުމަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުމެވެ.

މި ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ މިއީ އެންމެނަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމަށާއި އެކަހެރިވެފައި ތިބޭ ޒުވާނުން މުޖުތަމައުއަށް އަނބުރާ ގެނެސް ބާރުވެރިކުރުމާ ޒިންމާދާރު ބަޔަކަށް ހެދުމަށް މި ދިރާސާގައި ހުށަހަޅާފައިވާ ޕޮލިސީ ގައިޑްލައިންސް ތަކަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް އަދި ވަކި ފަރުދުން ވެސް ބަލަންޖެހޭ ކަންތައްތަކެއްކަމަށެވެ.

މި ދިރާސާއިން ހޯދިފައިވާ ހޯދުންތައް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރ އާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރާ ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގައި ބޭނުންކުރެވޭނެއެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި، ކުރިއަށް ގެންދެވުނު "ޔޫތު ވަލްނަރަބިލިޓީ އެސެސްމަންޓް" ފޮތް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީއެވެ.