ބޮލީވުޑްގެ ކުޅަދާނަ އެކްޓާ ރިތިކް ރޯޝަންގެ އާދަޔާ ހިލާފު އެކްޓިންގްއެއް ފެނިގެންދާކަމަށް ބުނާ "ސުޕާ 30" ފިލްމުގެ ބައެއް މަންޒަރުތައް އާންމުކޮށްފިއެވެ.

ފިލްމް "ސުޕާ 30"ގައި ފެނިގެންދާނީ ހިސާބު އިލްމުގެ މާހިރަކު އޭނާގެ 30 ދަރިވަރުންނަށް ހިސާބު އުނގަންނާދިނުމަށް ކުރާ އާދަޔާ ހިލާފު މަސައްކަތްތަކެކެވެ. މިއަދު އާންމު ކުރި ވީޑިއޯ ކުލިޕުން ފެނިގެންދަނީ ސަލާމް ކުރުމަށްފަހު 10 ސިކުންތު ތެރޭގައި ތައަރާފުވާ މަންޒަރެވެ. އަދި އެ ވަގުތުގެ ތެރޭގައި ކުރެވުނީ ކިތައް ސަލާމްތޯ ރިތިކް ސުވާލުވެސް ކުރެއެވެ.

މި ފިލްމުގައި ރިތިކް އަދާކުރަނީ ހިސާބު އިލްމުގެ ރޮނގުން ގިނަ ބަޔަކު ތަމްރީނުކޮށްދީފައިވާ އާނަންދު ކުމާރުގެ ރޯލެވެ.

ވިކާލް ބާލް ޑައިރެކްޓްކުރާ ފިލްމް "ސުޕާ 30" ސިނަމާތަކާ ހަމައަށް އަންނާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.