މަޖާ ގޭމުތަކަކާ އެކު އުރީދޫ މޯލްޑިވްސްގެ "ގުޑި މަހާސަމާ" މާދަމާ އައްޑޫސިޓީ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫ އިން ބުނީ މި ގޭމް ތައް ކުރިއަށް ގެންދާނީ އައްޑޫ ހިތަދޫ ސްޓޭޖް ސަރަހައްދުގައި މާދަމާ ހެނދުނު 8 އިން ފެށިގެން ކަމަށާ، މި ކުޅިވަރުތަކުގައި ބައިވެރިވުމަށް އައްޑޫ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

އުރީދޫ "ގުޑި މަހާސަމާ" ގައި ހިމެނޭ ގޭމް ތަކުގެ ތެރޭގައި، ޕިން ދަ ޔުނިކޯން، ރިންގް ޓޮސް، ޕެއިންޓް ޓްވިސްޓްގެ އިތުރުން މިއުޒިކަލް ޗެއާފަދަ މަޖާ ކުޅިވަރުތައް ހިމެނެއެވެ.

ގުޑި މަހާސަމާ ގެ އިތުރުން، އުރީދޫ އިން މިފެށޭ ހަފްތާ ބަންދުގެ ތެރޭގައި އިތުރު ކުޅިވަރު ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބާއްވާ އުރީދޫ ކަލާ ރަން އޮންނާނީ މާދަމާ ހަވީރު 3:30 އިން ފެށިގެން 6:00 އަށް އުރީދޫގެ ގުޑި މަހާސަމާވެސް ބާއްވާ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. އަދި ޓްވިޓްސާފު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 3:00 އިން ފެށިގެން 6:00 އަށް އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި ކަމަށް އުރީދޫ އިން ބުނެއެވެ.