ބޮލީވުޑް ސިނާއަތުން ސަލްމާން ހާންގެ ނަން އިވެމުން އަންނަތާ 30 އަހަރު ވެފައި ވާކަމަށާ، އެހާ ދިގު މުއްދަތަކަށް އެކަން ދެމިގެން ގޮސްފައިވަނީ، އޯޑިއަންސްއާއި އޭނާއާ ދެމެދު އޮންނަ ހާއްސަ ގުޅުމެއްގެ ސަބަބުން ކަމަށް، މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފިއެވެ.

ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމް "ބަހާރަތު"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނީ އިމޯޝަނަލް ނުވަތަ އިހުސާސްތަކާ ކުޅެލާ މަންޒަރުތައް ސަލްމާން ގެނެސްދެނީ ވަރަށް ވަރުގަދައަށް ކަމުގައި ވީ ނަމަވެސް، އެކަމަށް އެންމެ ފުރިހަމަ ސަމާލުކަމެއް ދީފައިވަނީ މަދު ބައެއް ކަމަށެވެ.

ސަލްމާންއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލީ އައްބާސް ޒަފަރު އިތުރަށް ބުނީ، ސަލްމާންއާ މެދު އޭނާ ފުރަތަމަ ދެކެނީ ވަރުގަދަ އެކްޓަރެއްގެ ގޮތުގައި ކަމަށާ، ތަރިއެއްގެ ގޮތުގައި ބަލަނީ އެއަށް ވުރެވެސް ފަހުގައިކަމަށެވެ.

"ބަހާރަތު" ރިލީޒް ކޮށްފައި ވަނީ، ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބާއާ ދިމާކޮށް، ޖޫން 5 ވަނަ ދުވަހުއެވެ.