އެމްޑީޕީގެ ކޮމާންޑަރުގެ ނަމުން މަޝްއޫރު އާދަމް މޫސާ (އާދަމްބެ) ނިޔާވެއްޖެއެވެ.

އެމްޑީޕީން ބުނީ، އާދަމްބެ ނިޔާވެފައި ވަނީ ރޭ ފަތިހު 4:30 ހާއިރު އިންޑިއާގެ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އާދަމްބެ އުޅުނީ ބަލިކޮށެވެ. އަދި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވާ ގޮތުގާ ހަށިގަނޑުން ލޮނު ދައްވެ ހަކަތަ ދަށްވުމުގެ ސަބަބުން، އާދަމްބެ ވަނީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އައި.ޖީ.އެމް.އެޗުގައި އެޑްމިޓް ކޮށްފައެވެ.

އާދަމްބެއަކީ އެމްޑީޕީގެ އެއްވުން ތަކުގައި ހާއްސަ ޔުނީފޯމެއްގައި އިސްކޮށް ހަރަކާތްތެރިވެ، އެއްވުންތަކުގެ ބައިވެރިންނަށް ހިތްވަރުދީ، ލަވަކިޔާ ހެދި ފަރާތެކެވެ.