އާބާދީގެ ޖުމުލައަށް ބަލާއިރު މައިނޯރިޓީންގެ ގޮތުގައި ތިބި މުސްލިމުންނާ މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން، "ނަފުރަތު އުފެއްދުމުގެ ވާހަކަދެއްކުމާ ދެކޮޅަށް" އެކުލަވާލާފައިވާ އދގެ މުއާހަދާގެ ނާޖާއިޒު ފައިދާ، ސްރީލަންކާގެ ފުލުހުން ނަގަމުންދާކަމަށް މީޑިއާ އެކްޓިވިސްޓުންތަކެއް ތުހުމަތުކޮށްފިއެވެ.
ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ދަ ފްރީ މީޑިއާ މޫވްމަންޓް އިން ބުނީ، ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ވާހަކައާއި، ހައްދުފަހަނައަޅާފައިވާ ބުދިސްޓުންގެ ވާހަކަތައް މީޑިއާއަށް ތިލަކުރުމަށް މަސައްކަތްކުރަމުންދިޔަ އިތުބާރު ހިފޭ ނޫސްވެރިއަކު ހައްޔަރުކުރުމަށް ސްރީލަންކާ ފުލުހުންގެ ހާއްސަ ޓާސްކްފޯސް ޔުނިޓް (އެސް.ޓީ.އެފް)އިން، އދގެ މުއާހަދާގެ ނާޖާއިޒު ފައިދާ ނަގާފައިވާކަމަށެވެ.
އެސް.ޓީ.އެފްއިންވަނީ، އދގެ ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ އެއްބަސްވުން (އައި.ސީ.ސީ.ޕީ.އާރް) ގެ ދަށުން، ފްރީލާންސް ލިޔުންތެރިޔާ ކުސާލް ޕެރޭރާ ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސްރީލަންކާގެ މެޖިސްޓްރޭޓަކަށް ދަންނަވާފައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.
ސްރީލަންކާގައި ހަރަކާތްތެރިވާ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ)އިން ބުނާ ގޮތުގައި، މިދިޔަ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކަށްފަހު ގިނަ އަދަދެއްގެ މުސްލިމުން ވަނީ އެއްވެސް ސަބަބަކާ ނުލާ ހައްޔަރުކުރެވިފައެވެ.
މިދިޔަ އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކަށްފަހު ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށްގެން އެކި ކަހަލަ ފިއްތުންތައް އެކި ފެންވަރުގައި ކުރިމަތިކުރަމުންދާ ކަމުގެ ޝަކުވާތަކަށް ބަދަލެއް އައިސްފައި ނުވި ނަމަވެސް، ސްރީލަންކާއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި އެގައުމުން މިހާރު ދަނީ ޕްރޮމޯޓްކުރަމުންނެވެ.
ރައްކާތެރި އެއް ނޫން. ޢަހަރެން ކޮލޮމްބޯގަ 2 ހަފްތާވެއްޖެ. މިހާރު އަންނަވަރުގެ ތަނެއް ނޫން. އަސްލުވެސް