މާރުކޭޓު ސަރަހައްދުގައި ވޭމްކޯ ކުނި ލޮރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައި ހުރީ ފޮށިގަނޑު ކުނި ލޮރީއެއްގެ އެތެރޭގައި ހުރި ކުނި ތަކުގައެވެ. އަދި ލޮރީގެ ފަހަތު ދޮރު ހުޅުވާލުމާއެކު މުޅިތަނަށް ދުންގަނޑު ނުކުމެއެވެ. އޭރު އެތާނގައި ފުލުހުން ހަރަކާތްތެރިވާ އިރު އާންމުންގެ ބައެއް މީހުންވެސް ލޮރީއާ މާދުރުނޫން ހިސާބެއްގައި ތިއްބެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގީ ކުނި ކޮތަޅެއްގައި އަލިފާނުގެ އަސަރު ހުރުމުން ރޯވެގެން ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް މަންޒަރު ދުއް މީހަކު 'ދަ ޕްރެސް' އަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިހާދިސާ ފުލުހުންނަށް ފާހަގަ ކުރެވުނީ މިރޭ ސީސީޓީވީ ބަލަމުން ދަނިކޮށް އޯކިޑް މަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތިން ކަމަށެވެ. ފުލުހުން ބުނީ މިހާރު އަލިފާން ނިންވާލެވިފައި ވާކަމަށެވެ. މި ހަހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔަ އިރު އަލިފާން ނިއްވާލާފައި ވާކަމަށެވެ.
މިހާދިސާ އާ ގުޅިގެން ކުނި ލޮރީތައް މެނޭޖު ކުރާ، ވޭމްކޯ އަށް ގުޅުމުން އެފަރާތުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައި ނުވާ ކަމަށެވެ.
ވޭމްކޯގެ ކުނި ލޮރީ ތަކަކީ އާންމުކޮށް ކާރުބާރު ބޮޑު ވަގުތުތަކުގައި އަދި ކާރޫބާރު ބޮޑު މަގުތަކުގައި ކުނި ނެގުމަށް އެތައް އިރަކު މަޑުކޮށްގެން އޮންނަ ލޮރީތަކެކެވެ. ސަލާމަތީ ފިޔަވަޅުތައް ލޮރީތަކުގައި ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.
ގޭސް ލޯރީ ތަކުގައި ނުހުރެ ސަލަމަތި އެއްޗެއްސް