ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތުގެ ތައުރީފު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ޖޭއެސްސީގެ 33 ވަނަ ބައްދަލު ވުމުގައި އެ ކޮމިޝަނުން ވަނީ، އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑް ކޮށްފައެވެ. އަދި ޖޭއެސްސީން ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމަށް ނިންމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
ޖޭއެސްސީން މި ނިންމުން ނިންމުމާއި ގުޅިގެން އޭޖީ ވަނީ ޖޭއެސްސީގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން، އޭނާ ވިދާޅުވީ، ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އިދާރާއަކުން ތަހްގީގު ކުރާނަމަ 48 ގަޑިއިރުގެ ތެރޭގައި އެފަނޑިޔާރަކާ މެދު ކޮމިޝަނުން ގޮތެއް ނިންމުމަކީ ލާޒިމު ކަމެއް ކަމަށެވެ. އަދި ތަހުޒީބީ މުޖުތަމައުތަކުގައި ފަނޑިޔާރުގެ މައްސަލައެއް ބަލާނަމަ އެ ފަނޑިޔާރެއް އަމިއްލައަށް މަގާމުން ދުރުވާ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.
ޖޭއެސްސީން، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ތަހުގީގު ކުރާ ކޮމިޓީން އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ބުނުމާއި ގުޅިގެން ކަމަށެވެ.
ސާބަހޭ އިންސާފުވެރި ސަރުކާރަށް އާއިލާގެ މީހަކަށް ވައި އެޅިލާފަ ހުރި މީހަކު ވިއަސް ދުވަސް ދުއްވާލާތި