ތިމާބޭނުންވާ ގޮތަށް އަމުރެއް ނެރުނީމައި ފަނޑިޔާރުންނާއި ފަނޑިޔާރުގެ ރަނގަޅު ކަމަށާއި، ހިތް ނޭދޭ ގޮތަށް ކަމެއްވާ އިރަށް އެވަރު ނުބައި ތަނެއް ނެތްކަމަށް ބުނާކަމަށް ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މައްސަލައާއި ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 1 ފެބްރުއަރީގެ އަމުރުގެ އެއްބައި ތަންފީޒުކޮށް އަނެއްބައި ތަންފީޒު ނުކުރުން މިއީ ކޮން ހަމައެއްތޯ ސުވާލު އުފަދަވާފައެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެމަނިކުފާނު ސަލާމަތްވާން 13 އަހަރުގެ ހުކުން ކަނޑާލީމައި މައްސަލައަކަށް ނުވެ، އަދީބުގެ 33 އަހަރުގެ ހުކުމް ކަނޑާލީމައި މައްސަލައަކަށް ވަނީ ކީއްވެގެންތޯއެވެ.
އޭނާ ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ނުފޮނުވަން މިއަދު މަސައްކަތް ކުރާ ހުރިހާ ފަރާތްތައް އަދީބު ބޭސްފަރުވާއަށް ނުފޮނުވީމައި މަޖިލީހުގައި މައްސަލަ ޖެއްސި ކަމަށެވެ. އަދި މިއަދު ބޭސްފަރުވާއަށް ފޮނުވާތީ މައްސަލަ ޖައްސަމުންދާ ކަމަށާއި، އިންސާނީ ހައްގަކީ ވަކި މީހަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި، ވަކި ފަރާތަކަށް ލިބޭ އެއްޗެއް ވެސް ނޫން ކަމަށެވެ.
މަޖިލީހުގެ ރައީސަށް ބަހުގެ ހަމަލާ ދެއްވަމުން މެންބަރު ނަޝީދު ވިދާޅުވީ މަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގައި ތިބި 65 މެންބަރުން އެދުވަހު އަތްޖަހަމުން ގެންދިޔަ ކަމަށެވެ. އަދި 64 މެންބަރުންނަށް މިއަދު މިއީ ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށެވެ. އަދި ވަކި މީހަކު ވީމަ ވަކިގޮތެއް ނޯންނާނެ ކަމަށާއި، ގާނޫނު އަސާސީގެ 51 މާއްދާގެ (އ) ގައި އޮންނަ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރިޔަސް ކޯޓަކުން ހުކުމެއް ނުކުރާހާ ހިނދަކުއޭ, ބުނާ މާއްދާ އަދީބަށް ވެސް އޮންނަންވާނެ ކަމަށެވެ.
ރަނގަޅު ވާހަކައެއް
ޢެނޫން އެެއްޗެއް ކިޔަން ނޭނގޭ
ވަރަށް ހަބޭސް
ތި އަހަރުމެން ބޭނުންވާ ކަހަލަ މެންބަރުންނަކީ ވަރަށް ހަބޭސް ނަސްޓޭ
ސާބަހޭ ތިލަދުންމަތީ ދަރިން ގަދަވާނޭ!!
ވަރަށްތެދު ބަސް ފުޅެއް 100% ތެދެއް.....ސާބަސް މުހައްމަދު ނަޝީދު