ތ. ދިޔަމިގިލި ކައުންސިލުގެ ފަރާތުން އެ ރަށު ގޭބިސީތަކުގެ ރޯދަމަހުގެ ކަރަންޓު ބިލު ލުއިކޮށްދީފިއެވެ.

އެރަށު ކައުންސިލުން ބުނީ، މިގޮތަށް ނިންމީ އެ ރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކު މި އަހަރު ރޯދަ މަހުގެ ކަރަންޓް ފީއަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެ ގޮތުން މިދިޔަ މަހުގައި ގޭބިސީތަކުގެ ކަރަންޓް ފީއަށް ދައްކަންޖެހޭ ޖުމްލަ އަދަދުގެ 75 ޕަސެންޓަށްވާ ފައިސާ އެ ކައުންސިލް އިދާރާއިން ދައްކާގޮތަށް ހަމަޖައްސާފައިވާ ކަމަށް ދިޔަމިގިލި ކައުންސިލުން ބުނެއެވެ.

އެހެންކަމުން މިދިޔަ މަހުގެ ކަރަންޓްބިލް މި މަހުގެ 20 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން އެރަށު ކައުންސިލުގެ އިދާރާއަށް ހުށަހެޅުމުން ފައިސާލިބޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.