އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 180 ކްރޯޑް ރުޕީސް ގެ 2 މަޝްރޫއު ފަށްޓަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ. އެއީ 26 މިލިއަން ޑޮލަރެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމިނިސްޓްރީން ބުނެފައިވަނީ މި 180 ކްރޯޑުން ފަށަން ހަމަޖެހިފައިވާ އެންމެ މުހިންމު 2 މަޝްރޫ އަކީ ރާއްޖޭގައި ގާއިމު ކުރާ ކޯސްޓަލް ސާވައިލަންސް ރާޑާ ސިސްޓަމް ފެށުމާއި، އެމް.އެން.ޑީ.އެފް ގެ ޓްރެއިނިން ސެންޓަރު ގާއިމު ކުރުމުގެ މަސްރޫއު ކަމަށެވެ.
މި ދެ މަޝްރޫއު އިއުލާނު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަރެންދްރަ މޯދީއެވެ.
މީގެ އިތުރުންވެސް ގިނަ އެހީތަކެއް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. އެގޮތުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދިނުމާއި 36 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމާ، އައްޑޫ ސިޓީގައި އާބަން ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން އެސްއެމްއީ ލޯން ޕްރިޖެކްޓެއް ހިމެނެއެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫ ތައް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް އާއި މަޝްރޫ ކުރިއަށް ގެންދާނެ ގޮތުގެ ރިޕޯޓު މިހާރު ލިބިފައި ވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދިއުމަށް 14 މަޝްރޫއެއް އިންޑިއާއިން ފާހަގަ ކޮށްފައި ވާކަމަށްވެސް އެކްސްޓާނަލް އެފެއާޒް އިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއް ރަށާ އަނެއްރަށާ ދެމެދު ގުޅުންތައް ގާއިމު ކުރުމާ، ޑްރަގް ރިހެބްލިޓޭޝަން ސެންޓަރެއް ގާއިމް ކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުއަށް ހިންގުމަށް 50 ކްރޯޑް ރުޕީސް ހަމަޖައްސާނެ ކަމަށްވެސް އެމިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އަދި އައިޓީ ދާއިރާއިން ކިޔެވުމަށް ރާއްޖޭގެ ދަރިވަރުންނަށް ދޭން ކަނޑައަޅާފައިވާ 1000 ސްކޯލާޝިޕް މިހާރު ފަށާފައި ވާކަމަށާއި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 1000 ހަމަވާނެ ކަމަށް އިންޑިއާއިން ބުނެއެވެ.
މީގެ އިތުރުން ވެސް ބައެއް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުން އޮންނާނެ ކަމަށާއި އެ އެއްބަސްވުންތަކުގެ ތަފްސީލު މިވަގުތު ދެވެން ނެތްކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެއެވެ. އެ އެއްބަސްވުންތަކުގެ ފުރިހަމަ ތަފްސީލެއް ނުދިން ނަމަވެސް އެކްސްޓާނަލް އެފެއާޒް އިން ބުނީ އެ އެއްބަސްވުންތަކުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނަށް ކުރިއަށް ގެންދެވޭ ޓްރެއިނިން ޕްރޮގްރާމްތަކާ ކަސްޓަމްއާ ގުުޅުން ހުރި އެގްރީމެންޓްތައް ހިމެނޭ ކަމަށެވެ.
އެކްސްޓާނަލް އެފެއާޒް އިން ބުނީ މި މަޝްރޫތައް ރާއްޖޭގައި ހިންގުމުގެ ބޭނުމަކީ ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ. މިގޮތުން ރާއްޖޭގައި ރަނގަޅު ފެންވަރުގެ ކުރިކެޓް ޓީމެއް އުފެއްދުމަކީވެސް، ރައީސް ސޯލިހެ އެދިވަޑައިގަތުމަށް އިންޑިއާއިން ކުރުމަށް ވިސްނާފައި އޮތް ކަމެއް ކަމަށް ބުނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި ސިޔާސީ ބައެއް އިސް ފަރާތްތަކާ މޯދީ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އެންމެ 26 މިލިއަން ޑޮލަރު؟؟؟؟؟ ހަމަ އޮޅުވާލަން ބޮޑުކުރަން 180 ކްރޯޑް އޯ
މިސަރުކާރުން މިރާއްޖެ ދަރުވާ ހުސްކޮށްލަނީ އެންމެ 6 މަހުން. ޔާމީންވެއްޖެއާ 5 އަހަރުން 1.5 ބިލިއަން ރުފިޔާ. މިހާރު މިއޮތީ ލޯނު ނުނަގާ ތަރައްގީ ގެންނާނަމޭ ކިޔާފައި އެތައް ބިލިއަނުން ޑޮލަރުގެ ލޯނު ނަގާފައި. މިވާގޮތް ދިވެހިންނަށް ރޭކާލާނެބާ؟؟؟