ފިރިމީހާ އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ނިކް ޖޯނަސް ރައީސް ކަމަށް ވާދަކުރަން ފެންނަކަމަށް ބޮލީވުޑްއިން ވިދާލި ބައިނަލްއަގުވާމީ ތަރި ޕްރިޔާންކާ ޗޯޕްޅާ ޖޯނަސް ބުނެފިއެވެ.

އޭނާގެ ސިޔާސީ ފިކުރާ ބެހޭ ގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ އޭނާއަކީ މާ ބޮޑަށް ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހެއް ނޫންކަމަށާއި، ނަމަވެސް ކޮންމެވެސް ދުވަހަކުން އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ފެންނަން ބޭނުން ކަމަށެވެ.

ނިކް ރައީސް ކަމަށް އަދި އޭނާ ބޮޑުވަޒީރު ކަމުގައި ހުރެގެން ސިޔާސީ ކަންކަން ހިނގާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ފެންނާނީ ޝޮނާލީ ބޯސްގެ "ދަ ސްކްއި އިޒް ޕިންކް"އެވެ. މި ފިލްމުގައި ޕްރިޔަންކާއާއިއެކު އިސް ރޯލުތަކުގައި ދެން މަސައްކަތްކޮށްފައިވަނީ ފަރުހާން އަޚުތަރާ ޒާއިރާ ވަސީމުއެވެ.