މޫސުމީ ވިއްސާރަ ލަސްވެ، އިންޑިއާއާއި ޕާކިސްތާނަށް އާދަޔާ ހިލާފަށް ހޫނުގަދަވާން ފަށައިފިއެވެ.

ބައެއް ހިސާބުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށްވުރެވެސް މައްޗަށް އަރާފައިވާއިރު، އިންޑިއާގެ ރާޖަސްތާނުން 1 މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މަރުވެފައިވަނީ ދަނޑުވެރިއެކެވެ. އެމީހާ މަރުވީ ހީޓްސްޓްރޯކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިންވަނީ އާދަޔާ ހިލާފަށް ހޫނުގަދަވެދާނެ ކަމުގެ އިންޒާރު އާންމުކޮށް، އިއުލާންކޮށްފައެވެ. ކުރިއަށް އޮތް ދެތިން ދުވަހަކަށް މިކަން ދެމިގެންދާނެ ކަމަށްވެސް މޫސުމާ ބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.