މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 182 ފަރާތަކުން ޖީއެސްޓީ ދައްކައިފައިނުވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާ އިން ވަނީ މި ފަރާތްތަކުގެ ނަންތައް އާންމުކޮށް ގެޒެޓް ވެސް ކޮށްފައެވެ. މީރާ އިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީއެސްޓީ ނުދައްކައިގެން ނަން އާންމުކޮށްފައި ވަނީ މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތައް ކަމަށެވެ.

މީރާއިން އާންމުކުރި ލިސްޓުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 26 ފަރާތަކާއި، އާއްމު ވިޔަފާރި ކުރާ 156 ފަރާތެއް ހިމެނެއެވެ. މީރާއިން މި 182 ފަރާތުގެ މައުލޫމާތު އާންމުކޮށް ގެޒެޓްކޮށްފައި ވަނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މީރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުންނެވެ.

މިރާއިން ބުނީ ނަން އާންމުކުރި ތަންތަނުގެ ތެެރެއިން ޖީއެސްޓީ ދައްކާ ތަންތަނުގެ ނަންތައް ލިސްޓުން އުނިކުރާނެ ކަމަށެވެ.