ޕާކިސްތާނަށް ނިސްބަތްވާ ލަޝްކަރީ ތޮއިބާ (އެލްއީޓީ) ޖަމާއަތަކަށް ނިސްވަތްވާ 300 އެއްހާ ޓެރަރިސްޓް ހަނގުރާމަވެރިން މިހާރުވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

އެލްއީޓީއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޓެރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއާއި އދއިންވެސް މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ.

އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކުގެ އަސްކަރީ ބާރުތަކަށް އަފްޣާނިސްތާނުގެ ފަސްގަނޑުގައި ނުރައްކާ ކުރިމަތިކުރާ ހަނގުރާމަވެރިންގެ ތެރޭގައި އެލްއީޓީގެ އިތުރުން އަދި 3 ޓެރަރިސްޓް ގުރޫޕެއްގެ ހަނގުރާމަވެރިން ހިމެނޭ ކަމަށް ޕެންޓަގަންގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެލްއީޓީގެ އިތުރުން ނުރައްކާ ކުރިމަތިކުރާ ޓެރަރިސްޓް ގުރޫޕުތަކުގެ ތެރޭގައި ހައްގާނީ ނެޓްވާކާ އިރުމަތީ ތުރުކަމަނިސްތާނަށް ނިސްބަތްވާ އެޓިމް ޖަމާއަތް ހިމެނެއެވެ.

ޕެންޓަގަންގެ ރިޕޯޓް ބުނާ ގޮތުގައި ހައްގާނީ ނެޓްވާނާ، އައިސިސް-ކޭއާއި ތަހްރީކީ ތޯލިބާނު ޖަމާއަތުން ކުރެ ކޮންމެ ޖަމާއަތަކަށް ނިސްބަތްވާ 3000-5000 ޓެރަރިސްޓުން މިހާރުވެސް އަފްޣާނިސްތާނުގައި އެބަތިއްބެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި ޓެރަރިސްޓުންގެ މައި ކިއްލާ ހުންނާނީ ޕާކިސްތާނުގައި ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އޭޝިއާގެ ބައެއް ބާރުތަކުންވެސް ބުނަމުންދާއިރު، ޕާކިސްތާނުން ދަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.