ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ބައިސްކޯފާއި ގުޅިގެން "އާލަމް" ގެ ނަމުގައި މަދަހަ އަލްބަމެއް ނެރެފިއެވެ.

މަދަހަ އަލްބަމް "އާލަމް" ނެރެފައިވަނީ މިއަދު ދިރާގު ހެޑް މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބައިސްކޯފުން ބުނީ މި މަދަހަ އަލްބަމް މިއަދުން ފެށިގެން އެ ޕްލެޓްފޯމުން އަޑުއެހޭނެ ކަމަށެވެ. ބައިސްކޯފަކީ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ސްޓްރީމު ކުރެވޭ ޕްލެޓްފޯމެކެވެ.

މި މަދަހަތައް ހެއްދެވި ކުރީގެ އެކްޓަރު އަދި ޑައިރެކްޓަރު އީސާ ޝަރީފް ވިދާޅުވީ މި މަދަހަ އަލްބަމުގައި އަށް މަދަހަ ހިމެނޭ އިރު، އެ މަދަހައްތައް ކިޔާފައިވަނީ ލަވަ ކިޔުންތެރިން ކަމަށެވެ. އަދި ބައިސްކޯފުގެ އެދުމަށް މި އަލްބަމުގެ މަސައްކަތަށް ނިންމީ 10 ދުވަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިސްކޯފުން ބުނީ މި މަދަހަ އަލްބަރުގެ އިތުރުން މިހާރު ވެސް ބައިސްކޯފުން 100 އަށް ވުރެ މަދަހަ އަޑުއަހާލެވޭނެ ކަމަށެވެ.

ބައިސްކޯފް ބޭނުންކުރާ ބައިލައްކަ މީހުން ތިބި އިރު، ދިރާގު ކަސްޓަމަރުންނަށް 69 ރުފިޔާއަށް ބައިސްކޯފަށް ސަބްސްކްރައިބް ކުރެވޭނެއެވެ. އަދި އެހެން ކަސްޓަމަރުންނަށް ބައިސްކޯފްގެ ސަބްސްކްރިޕްޝަނަކީ 92 ރުފިޔާއެވެ.