ދިރާގު ސްޕެޝަލް ރޯދަ ބަންޑްލްސްގެ ޕްކޭޖް ވިއްކައިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް އެހީ ވުމަށް އެ ކުންފިނިން ނިންމަައިފިއެވެ.

ދިރާގު ސްޕެޝަލް ރޯދަ ބަންޑަލްސް ޕެކޭޖްގެ ޑޭޓާ ބަންޑަލްތައް ވިއްކައިގެން ލިބޭ ފައިސާ އިން 10 ޕަސަންޓް އެމްއޭޕީޑީ އަށް ހަދިޔާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭޕީޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ދިރާގުން މިފަހަރުގެ ރޯދަމަހާ ދިމާކޮށް ތައާރަފްކުރި މި ޑޭޓާ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ، 200 ރުފިޔާ އަށް 2.5 ޖީބީ ޕެކަކާއި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ. ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަށް ވާތީ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން 1 ޖީބީ ދިރާގުން ހިމަނައިފައި ވެއެވެ. ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނޭ މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރުމަށް ގުޅާލަން ޖެހެނީ #8*123* އަށެވެ. މި ޑޭޓާ ބަންޑަލް ތަކަކީ 30 މުއްދަތައް އެކްޓިވޭޓް ޮށްލެވޭ ބަންޑަލް ތަކެކެވެ.

"ނުކުޅެދުނުންތެރިކަމަކީ، އެ ކުދިންގެ ކިބައިގައިވާ ގާބިލިއްޔަތު ދެނެނުގަނެވުމެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުދިންނަށް ތައުލީމާއި، ހުނަރު ދަސްކޮށްދީ، ވަޒީފާ އަދާކުރުމުގެ ގާބިލިއްޔަތު ހުރި ބަޔަކަށް ހެދި ދާނެ. މި ކުދިންގެ ހުރި ތަފާތާއެކު ބަލައިގަނެ، މުޖުތަމައުގައި ޝާމިލް ކުރެވިދާނެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހަމަހަމަކަމާއެކު ހުރިހާ ކުދިންނަށް ފުރުސަތު ދެމާ" އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް އަމާޒުކުރެއެވެ. އެގޮތުން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ. މި ފަދަ ފެސްޓިވަލެއް ދިރާގުން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަގުސަދެއްކަމަށް ދިރާގުން ބުންޔެވެ.

މީގެ އިރުތުން އެމްއޭޕީޑީ އިން ކޮންމެ އަހަރަކު ފާހަގަ ކުރާ ސެރެބްރަލް ޕަލްސީ (ސީޕީ) ދުވަހަކީ ވެސް ދިރާގުގެ އެހީއާ އެކު ބާއްވާ ހަރަކާތެކެވެ.

ރޯދަމަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަ މަހެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އެތައް ގިނަގުނަ ސަވާބު ލިބޭ ކަމެއް ވެސް މެ އެވެ. މިފަދަ މާތް މައްސަރެއްގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ހޭދަކުރުމުގެ ރީތި އާދަ ހިފަހައްޓަން ޖެހެ އެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ކުރީ ޒަމާނުއްސުރެ ފެށިގެން އޮންނަ ރީތި އާދަކާދައެކެވެ