އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ކުރިން ޑީސަލް ލީޓަރެއް ލިބެން ހުންނަނީ 11.61 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނަނީ 10.79 ރުފިޔާއަށެވެ. އެސްޓީއޯ އިން ބުނާ ގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ ކުރީގެ އަގަށް 50 ލާރި އިތުރުކޮށްގެން، 12.11 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީިޓަރެއް ވިއްކާނީ ކުރީގެ އަގަށް 70 ލާރި އިތުރުކޮށަގެންނެވެ. އެއީ 11.49 ރުފިޔާއަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 15 ގައެވެ.

އެޮގުން އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑޮ ކުރަން ނިންނީ ގަންނަން ލިބޭ އަގު ބޮޑުވެ، މި އަގު ދިގުދެމިގެންދާ ހާލަތްތަކުގައި ކަމަށެވެ. އަދި އަގު ހެޔޮވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭނެ ކަމެއްކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސާޕްލަސް މަދުވާނެ ކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެ ލަފާކުރުންތަކުގެ ނަތީޖާ އަކީ ނޮވެމްބަރު 2018 ގައި ތެލުގެ އަގު ހުރި މިންވަރަށް ވުރެ މިހަރު ދުވަހުން ފެށިގެން އަގު މައްޗަށް ދިއުންކަމަށް އެ ކުންފުނިން ބުންޏެެވެ.