އަވަށްޓެރި ސްރީލަންކާގައި މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާތަކުގެ މަންޒަރުތައް ނެގުމުގައި ހަރަކާތްތެރިވަމުން ދިޔަ ރޮއިޓާޒްގެ ފޮޓޯ ޖާލިސްޓް ސިއްދީޤީ އަހުމަދު ދާނިޝް ހައްޔަރުކޮށްފިއެވެ.

ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދާނިޝް ހައްޔަރުކޮށްފައިވަނީ ނިގެމްބޯ ސިޓީގެ ސްކޫލެއްގެ ތެރެއަށް ގަދަކަމުން ވަންނަން މަސައްކަތް ކުރުމުގެ ސަބަބުންނެވެ.

ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ރޮއިޓާޒްގެ ފޮޓޯ ޖާނަލިސްޓް ސިއްދީޤީ އަހުމަދު ދާނިޝް/ފޮޓޯ: ޓުވިޓާ

ދާނިޝް ދިޔައީ ބޮމުގެ ހަމަލާތަކަށްފަހު ސްރީލަންކާގެ މަސްރަހު އޮތް ގޮތުގެ ޚަބަރުތައް ބައިނަލްއަގުވާމީ މީޑިއާއާއި ހިއްސާކުރަމުންނެވެ. ހައްޔަރުކުރިއިރު އޭނާ މަސައްކަތްކުރަމުންދަނީ އޭޕްރިލް 21 ވަނަ ދުވަހުގެ ބޮމުގެ ހަމަލާތަކުގައި މަރުވި ދަރިވަރެއްގެ މައުލޫމާތު ހޯދަން ކަމަށާ، ދާނިޝްއާއި ބެހޭ މައުލޫމާތު ސްރީލަންކާގެ ފުލުހުންގެ ސަމާލުކަމަށް ގެނައީ މަރުވި ދަރިވަރުގެ މައިންބަފައިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާ ފުލުހުން ބުނީ ދާނިޝްގެ ބަންދުގެ މުއްދަތު ޖަހާފައިވާކަމަށާ، މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް މެޖިސްޓްރޭޓް ހުއްދަ ދެއްވާފައިވާކަމަށެވެ.

ހިތާމަވެރި އަދި ހިތްދަތި ހާދިސާއެއް ހިނގުމާއެކު އަނިޔާ ލިބި ވޭނާއި ހިތާމަ ތަހައްމަލު ކުރަމުންދާ މީހުންގެ ހައްގުތަކަށް ބެލުމެއް ނެތި ޚަބަރާ މަންޒަރުތައް އާންމު ކުރުމުގެ މައްސަލައަކީ ނޫސްވެރިކަމުގެ ރޮނގުން ކިތަންމެ ގިނަ އަދަދެއްގެ ބަޔަކު މަތީ ތައުލީމު ހާސިލުކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް ހައްލު ލިބިފައި ނުވާ ބޮޑު މައްސަލައެކެވެ.