މާދަމާއިން ފެށިގެން އަވައްޓެރި ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާވާނެ ކަމަށް އެ ގައުމުގެ ރައީސް އޮފީހުން ބުނެފިއެވެ.
ލަންކާގެ ރައީސް އޮފީހުން ބުނާ ގޮތުގައި މާދަމާއިން ފެށިގެން މޫނު ނިވާ ވާނެ ކަހަލަ އެއްވެސް ހެދުމެއް ލައިގެން އުޅުމަކީ މަނާ ކަމެކެވެ. އެކަން މަނާ ކުރުމަށް ނިންމާފައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އެ އޮފީހުން ބުނެއެވެ.
މޫނުބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް ބޭނުންވާ ގާނޫނުތައް ހަދަން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަށް ވެސް މިއަދު ދަންނަވާފައި ވެއެވެ. ބޮޑު ވަޒީރުގެ އޮފީހުން ބުނާ ގޮތުގައި އެ ނިންމުން ނިންމާފައިވަނީ ލަންކާގެ މުސްލިމުންގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާ އޯލް ސިލޯން ޔަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހުގައެވެ.
އާދީއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވައިގެން ދިން ހަމަލާ ތަކާ ގުޅިގެން އެގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި އެ ހަމަލާ ތަކުގެ ޒިންމާ އައިސިސް ޖަމާއަތުން ނެގި ފަހުން ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ތަފާތު އުނދަގޫތަކާ ވަނީ ކުރިމަތި ލާން ޖެހިފައެވެ.
މޫނު ބުރުގާ އެޅި މީހަކު ބޮމެއް ގޮއްވިނަމަ އެންމެ ރަނގަޅުދޯ ތިހެން ހަދަން؟