އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް، މިހާރު ވެސް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ހުންނެވި ނަޖީބް ޚާން އައްޔަނު ކޮށްފިއެވެ.

މި މަގާމަށް ނަޖީބު އައްޔަންކޮށްފައިވަނީ، އުރީދޫގެ ޗެއާމަން އަދި އެމްޑީގެ މަގާމުގައި ހުންނެވި ހާލިދް އިބްރާހީމް އަލް-މަހްމޫދު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން އުރީދޫއިން މިއަދު ނެރުނު ނޫސް ބަޔާނުގައި، ހާލިދުގެ ލީޑާޝިޕްގެ ދަށުން އުރީދޫއިން ޑިޖިޓަލައިޒޭޝަންގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށް ދިވެހި މުޖުތަމައުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާކަން އެކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

ހަމަ އެއާ ވިދިގެން އަލަށް އެކުންފުނި ހިންގުމާ ހަވާލުވެވަޑައިގެން ނަޖީބަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އަދި ނަޖީބްގެ ލީޑާޝިޕްގެ ދަށުން ޑިޖިޓަލައިޒޭޝަންގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯދާ، ދިވެހި މުޖުތަމައުގެ ލާބަޔާ މަންފާއަށް މަސައްކަތްކޮށް ދެއްވާނެކަން ޔަގީންކުރާ ކަމަށް އުރީދޫއިން ބުނެއެވެ.