ދިރާގުގެ ހިއްސާއަކަށް 11.91 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާގައި، ކުންފުނީގެ ހިއްސާ އަކަށް 11.91 ރުފިޔާ ބަހަން ފާސްކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާ އަކަށް 5.96 ރުފިޔާ އަދި ފައިނަން ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމީ 5.95 ރުފިޔާއެވެ. މިގޮތަށް ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި 91 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

އެކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 905 މިލިއަން ރުފިޔާއެވެ. ހިއްސާގެ ގޮތުގައި ބަހަން ނިންމީ ދިރާގުގެ 2018 ވަނަ އަހަރުގެ ފައިދާގެ 100 ޕަސެންޓެވެ. ދިރާގުގެ ހިއްސާގެ ތެރޭގައި ހިމެނެނީ ބީޓީސީ އައިލެންޑްސް ލިމިޓެޑުގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާގެ އިތުރުން އާންމު ރައްޔިތުންގެ 6.2 ޕަސެންޓް ހިއްސާއެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޓިޑް ކުރުމަށް ނަގާފައި ވަނީ ކުރީ އަހަރުވެސް އެ ކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޭޕީއެމްޖީއެވެ.