ދިފާއީ ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހިމާޔަތްކުރެއްވުމަށް ކަމަށް، އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން އިސްތިއުފާ ދެއްވި ސްރީލަންކާގެ ދިފާއީ ވަޒީރު ހެމާސިރީ ފެނާންޑޯ ވިދާޅުވެއްޖެއެވެ.

ފެނާންޑޯ ވިދާޅުވީ، އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ކުރިން ލިބުނު ޖަސޫސީ މައުލުމާތާ މެދު އަމަލުކޮށްފައިވަނީ އެކަން ކުރަން ހަމަޖެހިފައިވާ އޮތް އުސޫލާ އެގޮތަށް ކަމަށެވެ.

އާދިއްތަ ދުވަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލަލާތަކުގެ އިންޒާރު އެގައުމަށް ކުރިން ލިބިފައި އޮތް ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ އެކަން ނުހުއްޓުވުނު މައްސަލާގައި ސްރީލަންކާގެ ޖާސޫސީ، ދިފާއީ އަދި ސަލާމަތީ ބާރުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނީކޮށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ ދިފާއީ ވަޒީރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފެނާންޑޯއަށާ، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ކަމުގެ މަގާމުގައި ހުންނެވި ޕުޖީތު ޖަޔާސުންދްރާއަށް މަޖުބޫރުކުރައްވާފައެވެ. ޖަޔާސުންދްރާވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ފެނާންޑޯ ވިދާޅުވީ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށާ، އިތުރު ފިޔަވަޅުތަކެއް އަޅާ، މީހުން ހައްޔަރުކޮށް އެފަދަ ކަންކަން ކުރުމުގެ ޒިންމާއެއް އޮތީ ފުލުހުންގެ ކޮޅުގައި ކަމަށެވެ.

ފެނާންޑޯގެ އިސްތިއުފާފާއި ގުޅިގެން ސްރީލަންކާގެ ދިފާއީ ވަޒީރުގެ މަގާމަށް، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ ތުޝީތާ ވަނީގަސިންހަ ވަނީ ވަގުތީ ގޮތުން ހަމަޖައްސާފައެވެ.