މަސްތުވާތަކެތީގެ މައްސަލަ އެއްގައި 18 މީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ.
އެ މީހުން ހައްޔަރު ކޮށްފައިވަނީ މާފަންނު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ގުޅިގެން އިއްޔެ ހަވީރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕްރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެގެ ފުލުހުން ބަލާ ފާސް ކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ 8 ރަބަރު ޕެކެޓް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތީގެ އިތުރުން 24،950 ރުފިޔާ އެގެއިން ފެނިފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ 23 އަހަރާއި 56 އަހަރާއި ދެމެދުގެ މީހުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ގަލޮޅުގެ ދެގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއެކު 19 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ
.މި ދެ މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.