ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދިޔަ މަތިގަނޑު ޕްރޮމޯޝަނުން ހޮވުނު ނަސީބުވެރި 14 ފަރާތެއް އިންގްލިޝް ޕްރިމިއާ ލީގުގެ މެޗެއް ބަލަން އިންގްލޭންޑަށް ފުރައިފިއެވެ.
މި ޕްރޮމޯޝަންގައި ޕްރިމިއާ ލީގްގެ މެޗެއް ބަލާލަން ދިއުމަށް ވީކްލީ ލަކީ ޑްރޯގައި ޖުމްލަ ހަތް ފަރާތެއް ހޮވަފައިވެއެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިޔާއަށް އިތުރު މީހަކާއި އެކު އިންގްލޭންޑަށް ޕްރިމިއާ ލީގު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބުނެވެ.
ދަތުރުގެ ހުރިހާ ހަރަދެއް ކޮކާކޯލާ އިން ކުރުމަށް ހަމަޖެހިފައިވާ އިރު، މި ނަސީބުވެރިން ލައިވްކޮށް ބެލުމުގެ ފުރުސަތު ލިބިފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާ މެޗެވެ. މި މެޗު މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފަޑުގައި ކުޅުމަށް ހަމަޖެހިފިވާ އިރު މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ. ނަސީބުވެރިންނަށް ލިބޭ މި ފުރުސަތުގައި މެޗު ބަލައިލުމުގެ އިތުރުން އިންގްލޭންޑްގެ ހާއްސަ ތަންތަން ބަލައިލުމާއި ތަފާތު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
ކޮކާކޯލާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ބުއިމެކެވެ. 132 އަހަރުވެފައިވާ މި ކުންފުނި ރާއްޖެއަށް ތައާރަފްވެ ތަފާތު އެކި ރަހަތަކުގެ މީރު ބުއިންތައް ވިއްކަމުންދާ އިރު ކޮކާކޯލާއިން އެ މީހުންގެ ކަސްޓަމަރުން ތަފާތު އެކި މުނާސަބަތުތަކާ ގުޅުވައިގެން އެކި ކަހަލަ ޕްރޮޖެކްޓާއި އިވެންޓްތަކުގައި ބައިވެރިކުރުވައެވެ.
އެގޮތުން ކުޅިވަރުގެ މައިދާނުގައި ކޮކާކޯލާއިން ހާއްސަކަމެއް ދީގެން ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ހުޅުވާލާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ނިމިގެން ދިޔަ ވޯލްޑް ކަޕްގައި ވެސް އެތަކެއް ދިވެހީންނެއް ރަޝިއާއަށް މެޗު ބެލުމަށް ކޮކާކޯލާއިން ގެންގޮސްފައިވާ އިރު، އޭގެކުރިން ފްރާންސްގައި އޮތް ޔޫރޯއަށްވެސް ކޮކާކޯލާއިން ވަނީ ގިނަ ދިވެހިންތަކެއް ގެންގޮސްފައެވެ.