ބިދޭސީއެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަނެ ފިލަން ދުއްވައިގަތް މީހަކު މަގުމައްޗަށް ވެއްޓިއްޖެއެވެ.

މަޖީދީ މަގު ރަށްދެބައިމަގު ކަންމަތިން ދިޔަ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަންފަށް ފޭރި ގަނެފައިވަނީ މިރޭ 8:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެކަން ހިނިގި އިރު އެ ސަރަހައްދުގައި ފުލުހަކު ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފުލުސްމީހާ ވަނީ ފަށް ފޭރިގަނެގެން ދިޔަ މީހާ ހުއްޓުވާފައެވެ. އެމަސައްކަތުގައި އާންމުރައްޔިތުންގެ އެހީތެރިކަން ލިބުނުކަން ފުލުހުން ފާހަގަ ކުރެއެވެ.

ފަށް ފޭރި ގަނެގެން ދުވަނިކޮށް އެމީހާ އަތުލައިގަނެވުނީ ކުރީގެ އެވިންސް ކައިރިން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ.