ސްރީލަންކާގެ ކޮއްޗިކަޑަ ޗާޗް ކައިރީގައި ގޮވުމެއް ގޮވައިފިއެވެ.
ދާދި ދެންމެއަކު ކޮއްޗިކަޑާގައި ގޮވި ގޮވުމަކީ، އެ ސަރަހައްދުގައި ގޮވާ އެއްޗެއް އޮތް ކަމަށް ލިބުނު މައުލުމާތާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އެއް ސަރަހައްދަށް ގޮސް، އެ ގޮވާއެތި ޑިފިއުޒް ކުރަންވެގެން ގޮއްވާލި ގޮއްވާލުމެކެވެ.
މި ބޮން ގޮއްވާލާފައިވަނީ ސްރީލަންކާ ފުލުހުންގެ ކޮންޓްރޯލްގެ ދަށުން ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ކަށަވަރުކޮށްދެއެވެ.
ކޮއްޗިކަޑަ ޗާޗް ސަރަހައްދަކީ އާދީއްތަ ދުވަހުގެ ހަމަލާތައް އަމާޒުވި ތަނެކެވެ.
މިއަދު ހެނދުނުވެސް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މައި އެއާޕޯޓުގެ މައި ޓާމިނަލަށް ދެވެން އޮންނަ މަގުގައި އޮތް ބިމެއް ކާމިޔާބު ކަމާއެކު ޑީފިއުޒްކޮށްފައެވެ.