ދިރާގު ފިކްސްޑް ބްރޯޑްބޭންޑު އިންޓަނެޓު ހިދުމަތުގެ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ހަ މަސް ދުވަސް ވަންދެން 30 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ ނިޔަލަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިރާގުން ވަނީ ފައިބާ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފޯރުކޮށްދީފައެވެ.