އުރީދޫ މޯލްޑިވްސް އިން ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއް ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

ވާވޭއިން ބާޒާރަށް އަލަށް ނެރުނު މި ދެ ފޯނަކީ ފޮޓޯ ނަގާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފޯނެއްކަމަށް އެފަރާތުން ބުނެއެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓް ފޯނުތަށް ޕްރީއޯޑާ ކުރުމަށް ރާއްޖޭގައި ހުޅުވާލި އިރު ކަސްޓަމަރުންނަށް ފޯނު ގަނެވޭނެ ހާއްސަ ޕްލޭންތަކެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން ފައިސާ މަހުންމަހަށް ބާހަލައިގެން ދެއްކޭނެ ޕްލޭނަކާއި އެއްފަހަރާ ފައިސާ ދެއްކޭނެ ޕްލޭނެއް ހިމެނެއެވެ.

އެއްފަހަރާ ފައިސާ ދައްކާ ޕްލޭން:

  • ވާވޭ ޕީ30 (128 ޖީބީ) - ޖުމްލަ އަގަކީ 11،999 ރުފިޔާ
  • ވާވޭ ޕީ30 ޕްރޯ (256 ޖީބީ) - ޖުމްލަ އަގަކީ 14،999 ރުފިޔާ

އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފްލޭން:

  • ވާވޭ ޕީ30 (128 ޖީބީ) - އަޕް ޕްރަންޓް ޕޭމަންޓަކީ 1،999 ރުފިޔާ، މަހަކު 875 ރުފިޔާ
  • ވާވޭ ޕީ30 ޕްރޯ (256 ޖީބީ) - އަޕް ޕްރަންޓް ޕޭމަންޓަކީ 2،999 ރުފިޔާ، މަހަކު 1075 ރުފިޔާ

ޕްރީ އޯޑާކޮށްގެން ނަގާ ކޮންމެ ފޯނަކާއެކު ވާވޭ ވޮޗް ޖީޓީ އެއް ލިބޭ އިރު، އޭގެ އިތުރުން ކޮންމެ މަހަކު އެއް ޖީބީ ޑާޓާ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ލިބޭނެކަމަށް އުރީދޫން ބުނެއެވެ.

"އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.