"ހާދަ ފަލައޭ" މިއީ މިފަހަކަށް އައިސް އެކަކު އަނެކަކާއި ބައްދަލުވާ ވަގުތުކުރެވޭ ސަލާމެކެވެ. ޖިމްއަކަށް ނުދަންތޯ އާއި ޑައެޓް ކުރާށޭ، ދުވަން ދާށޭ، އެހެން ހަދާށޭ، މިހެން ހަދާށޭ ބުނެ އެކި ކަހަލަ އިރުޝާދުތައް އެކަކު އަނެކަކަށް ދެނީ ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އެގޮތުން މި ފަހަރު އުރީދޫއިން ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ ދުޅަހެޔޮ ވައިބާ ސްޓިކާއެއް ތައާރަފްކޮށްފައެވެ. މި ސްޓިކާ ޕެކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޓެހިންނަށް ހިތްވަރު ދިނުމަށް ވައިބާގައި ދެކޭވޭ ވާހަކަތައް އިތުރަށް މަޖާކޮށްލާ ކުލަ ގަދަކޮށްލުމަށް، ރައްޓެހިންނާއި އާއިލާއާއި އޮފީސް އެކުވެރިންގެ ގްރޫޕުތަކުގައި ބޭނުންކޮށްލެވޭނެ ސްޓީކާއެއްކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ވައިބާ ސްޓިކާތައް ގަނެވޭނެ އަގުހެޔޮ ޕެކޭޖްތަކެއް އެ ކުންފުނިން ތައާރަފްކޮށްފައި ވަނީ މި ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މަހަކު އެންމެ 19 ރުފިޔާ ދައްކައިގެން ވައިބާގެ ހުރިހާ ސްޓިކާ ޕެކްތަކެއް ލިބޭ ޕެކޭޖެއް ހިމަނާފައިވެއެވެ.

ދިވެހިންގެ ތެރޭގައި ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިން ވައިބާ އަކީ ވަރަށް މަގުބޫލު އެޕެކެވެ. ރައްޓެހިންގެ މެދުގައާއި އާއިލާ ތެރޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ވައިބާ ގްރޫޕުތައް ހަދައިގެން ބޭނުންކުރުން މިއަދު ވަނީ އާންމުވެފައެވެ. މިފަދަ ޗެޓް ގްރޫޕްތަކުގައި ވައިބާ ސްޓިކާތައް ބޭނުންކުރުން އާންމުވެފައިވާ އިރު ގިނައިން ސްޓިކާ ބޭނުންކުރަމުން ދަނީ ޒުވާނުންނާ ފުރާވާރުގެ އުމުރު ފުރައިގެ ކުދިންނެވެ. އެކި މުނާސަބަތުތަކާ ގުޅޭ ގޮތަށް ވައިބާއިން ތަފާތު ޑިޒައިންތަކުގެ ސްޓިކާތައް ނެރެމުންދާއިރު އެ ސްޓީކާތަކުގައި ލިޔުމުން ބޭނުންކޮށްފައިވާ ޝުއޫރުތައް ބޭނުންކުރަން ގިނަ ބަޔަކު ބޭނުންވެއެވެ.