ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ ރިސޯޓުގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އެ ރިސޯޓުގެ "ބަރާބަރު ރެސްޓޯރެންޓް" ގައެވެ.
ރެސްޓޯރެންޓުގައި ރޯވި އަލިފާން ނިއްވާލީ އެރަށު ފަޔާ ޓީމުންނެވެ. އެމްއެންޑީއެފް އިން ބުނީ، އެ އަލިފާން ނިއްވާލެވިފައިވަނީ މިރޭ 22:42 ހާއިރު ކަމަށެވެ.
މިހާދިސާގައި ރެސްޓޯރެންޓަށް ލިބުނު ގެއްލުމުގެ މައުލޫމާތު އެމްއެންޑީއެފުން މިހާރު ދަނީ ބަލަމުންނެވެ.