އިރު މެދު ޖެހުނު ވަގުތު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވިގަނޑުގެ މެދުގައި ހުއްޓި ހުންނަވާ ފޮޓޯ ނަންގަވައިފިއެވެ.

މިއަދު މެންދުރު 12:09 ގައި، ސީދާ މާލެ އާ ދިމާ މަތިން އިރު ދަތުރު ކުރާނެ ކަމަށް، ފަލަކީ ހިސާބު ތަކުން ދައްކާ ކަމަށް، މައުމޫން ކުރިން ވަނީ ވިދާޅު ވެފައެވެ. އިރު މެދު ޖެހުނު ވަގުތު މައުމޫން ނެންގެވި ފޮޓޯގައި ހިޔަނި ފެންނަން ހުރީ، ވަރަށް ކުޑަ ކޮށެވެ.

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތުގައި މައުމޫން އަވީގައި ހުއްޓި ހުންނެވީ، ތޮތްޕަކާއި އަވި އައިނެއް އަޅުއްވައިގެންނެވެ.

މައުމޫނަކީ ފަލަކީ އިލްމު ދެނެވައިގެން ހުންނެވި އިލްމު ވެރި އެކެވެ. ހާއްސަކޮށް ރޯދައަށް ހަނދުބަލާ އިރު އާއި ކޭތަ ހިފާ ވަގުތުތައް ވަރަށް ފުރިހަމައަށް މައުމޫން ވިދާޅުވެދެއްވައެވެ.