ގިނަ އަދަދެއްގެ މަސްތުވާ ތަކެއްގާއެކު ތިން ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ފަސް މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު، ޕިކަޕަކަށް އަރުވައިގެން މައްޗަންގޮޅި ގެޔަކަށް ގެންދިޔަ ފޮށިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށް އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މައްޗަންގޮޅި ގެއެއްގެ ގްރައުންޑް ފްލޯ ބަލާ ފާސްކުރި ކުރުމުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 28 އަހަރާއި 36 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 49 އަހަރުގެ ދިވެހިން އަންހެނެއް ކަމަށެވެ. އަދި 26 އަހަރުގެ ބަގްލަދޭޝް ފިރިހެނެއްގެ އިތުރުން 42 އަހަރުގެ އިންޑިއާ ފިރިހެނެއް ވެސް މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ފަސް މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.