ޕީޕީއެމް އިން އެއްވެސް އިރެއްގައި ޝަރުއީ ދާއިރާއަށް ފާޑު ކިޔާ ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅު ވެއްޖެއެވެ.
'ދަޕްރެސް' އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ވެރިކަމުގައި ތިއްބެވި އިރުވެސް އަދި އޭގެ ފަހުގައި ވެސް ޕީޕީއެމް އިން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށެވެ.
އަދުރޭ މިހެން ވިދާޅީ، ސަރުކާރުގެ ތެރެއިން ޝަރުއީ ދާއިރާއަށް މީގެ ކުރިން ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާތީ އެކަމާ ގުޅިގެންނެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް، އަދި އެކަމާ ދޭތެރޭ ފާޑުކިޔާ ބަޔަކީ އެމްޑީޕީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެމްޑީޕީން ޝަރުއީ ނިޒާމާ ނުބެހި އެއްވެސް ޖަލްސާއެއް ނުވަތަ އެހެން އެއްވުމެއް ވެސް ނިންމައި ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެމްޑީޕީ އަކީ ޝަރުއީ ދާއިރާއަށް ފާޑު ކިޔުމުގެ ސަގާފަތެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި، ފަނޑިޔާރުން ލަދު ގަންނަވާލައިގެން ނޫން ގޮތަކަށް ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށް އެޕާޓީން ދާދި ފަހުން ވެސް ބުނެފައި ވާކަމަށެވެ.
"އެނގި ވަޑައިގަންނަވާނެ ދާދި ފަހުން ވެސް ވިދާޅުވެފަ އޮންނާނެ ފަނޑިޔާރުން ލަދު ގަންނަވާލައިގެން ނޫނިއްޔަކާ ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅެއް ނުކުރެވޭނެ، އަދި ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދު ތަކުގެ ތެރޭގަ އޮންނާނެ ނޫނީ އޭރު ދެއްކި ވާހަކަ ތަކުގެ ތެރޭގަ އޮންނާނެ ޝަރުއީ ނިޒާމުގެ ކަންކަން ބަލަހައްޓަން ބޭރުން ފަނޑިޔާރުން ގެންނަ ވާހަކަ މީ އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިރޭ ވިދާޅުވީ، ޝަރުއީ ނިޒާމުގައި ވެސް އިސްލާހު ކުރަން ޖެހޭ ކަމެއް ފަހަރެއްގައި ހުރެދާނެ ކަމަށާ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަދަން ޖެހޭ ގާނޫނުތައް އިތުރަށް ފުރިހަމަ ކޮށްގެން ވެސް އެކަން ކުރެވިދާނެ ކަމަށެވެ.
އަދުރޭ ކޮން ހުންގާނިޔަކާއު އަދުރޭގެ ގުރޫޕް މީހުން ބެނަގެން ފުލެފުލެ ހުކުމް ކެރީ ވަކި ތާރީހަކި ވަކި މުށްދަތަކި ވަކި ގޮތަކަށް ފޮސްކަލޯމެން ހީކެރަނީ އަފިރިން މިތިބީ ހެއިކެނޑިފެއި ކަމަށާ.