ކޯލިޝަނުން ގެނައި ސަރުކާރުގެ ކުރީ ކޮޅުގައި ގާނޫނީ އިމުގެ ތެރެއިން ނިންމެވި ނިންމެވުމަކާއި އަދިވެސް ހިތާމަ ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިނިވަން ކުރެއްވުނީ ޖަލުގައި ހުރި މީހަކު ކަމަށާއި، އެކަން ކުރެއްވުނީ ގާނޫނީ އިމުގެ ތެރެއިން ނަމަވެސް، އެކަމާ މިހާރު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.
"ވެރިކަމުގެ ކުރީ ކޮޅު ގާނޫނީ އިމުގެ ތެރެއިން ނަމަވެސް ނިންމުނު ނިންމުމަކުން މިއަދާ ހަމައަށްވެސް ހިތާމަކުރަން. އެނިންމި ނިންމުން އެގޮތަށް ނުނިންމުނު ނަމައޭ ހިތަށް އަރާ. މާ އަވަހަށް ކުރެވުނީތީ ހިތާމަކުރަން. އެއީ ޖަލުގައި ހުރިި މީހަކު ގާނޫނީ އިމުގެ ތެރެއިން ޖަލުން މިނިވަން ކުރުން" ރައީސް ވިދާޅުވިއެވެ.
ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިނިވަން ކުރެއްވި އެކަކީ, ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށްލި އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އެވެ. މި ކުށަކީ މައާފް ދެވޭ ކުށަކަށް ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވައެވެ. އަދަބު ލުއިކޮށްދެއްވީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.
ރައީސް ސޯލިހު ކަންކަން ކުރައްވަމުން ގެންދަވާ ދުވެލި ލަސްކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދާތީ އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ އެއްވެސް އިރެއްގައި މާ އަވަސްއަރުވާލައިގެން ކަންކަން ނުނިންމަވާ ކަމަށެވެ. އަދި ކޮންމެ ކަމެއް ވެސް ނިންމެވުމުގެ ކުރިން ކަންކަމާއި ވިސްނަވައި އެކަމުގައި އޮންނަ އެންމެ ރަނގަޅުގޮތް ބައްލަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިބުރާހީމާ ތީތިކަޑަ ކުރިންވެސް މިހާރުވެސް ކަންތަށްކުރަނީ ހިތުހުރި ގޮތަކަށް މީހުންގެ ހައްގުތަކައް އަރައިގަންނަނީ ބެލުމެށް ވިސްނުމެއްނެތި. މަގުމަތީގަ ފެލެން އުޅޭ މީހުން އުފާކޮއްލަން.