ކޮރަޕްޝަނުގެ ތުހުމަތެއްގައި ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ މެދު ގޮތެއް ނިންމާނީ ފުލުހުން ހިންގާ ތަހުގީގަށްފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

މަހުލޫފްގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށް އޭސީސީއިން މިމަހު 14 ވަނަ ދުވަހު ވަނީ ބުނެފައެވެ.

"ދަޕްރެސް" އައީ ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ އޭސީސީގެ ނިންމުން ރައީސް ސޯލިހަށް މިދިޔަ ބުރާސްފަތި ދުވަހު ދަންނަވާފައި ވާ ކަމަށާއި އޭސީސީން ހިންގި ތަހުގީގު މިހާރު ފުލުހުންނާ ހިއްސާކުރެވިފައިވާ ކަމަށެވެ.

އަދި ރައީސް ސޯލިހު މަހްލޫފްގެ ސަސްޕެންޝަނާ ގުޅޭގޮތުން ގޮތެއް ނިންމަވާނީ ފުލުހުންގެ ތަހުގީގަށް ފަހުގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓު އޭސީސީ އިން އާންމުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. އެ ރިޕޯޓުން ފާހަގަވި ކަންތައްތައް އޭސީސީން ވަނީ ފުލުހުންނާ ހިއްސާ ކޮށްފައެވެ. އަދި އެ މައްސަލަތައް ފުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

އެ ތަހުގީގާ ގުޅެގޮތުން ތަފްސީލެއް މިހާތަނަށް ފުލުހުންވެސް އަދި ރިޔާސީ ކޮމިޝަނުންވެސް ހާމަ ކޮށްފައެވެ ނުވެއެވެ.

އޭސީސީ ރިޕޯޓުގައި ވާގޮތުން ހިންގާފައިވާ މުއާމަލާތަކާ ގިޅިގެން މަހުލޫފުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ވަނީ 33،000 ޑޮލަރު (508،860 ރުފިޔާ) ޖަމާ ވެފައެވެ.

ނަމަވެސް މަހުލޫފު ވިދާޅުވެފައިވަނީ އެސްއޯއެފްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ.