އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކުރި ސުޕަނެޓް ސޭވާ ޕްލޭނުން ކަސްޓަމަރުންނަށް ވަރަށް ފުރިހަމަ ޑިސްކައުންޓުތަކެއް ލިބެއެވެ.

އުރީދޫން މިއަދު ތައާރަފުކުރި ސުޕަނެޓް ސޭވާ ޕްލޭނަކީ އެއްފަރާ ސުޕަނެޓް ބިލް ދެއްކުމަށް 6 މަސް ނުވަތަ 12 މަސް ދުވަހުގެ ޕްލޭނެކެވެ. މި ޕްލެން މެދުވެރިކޮށް ފައިސާ ދައްކަވާ ކަސްޓަމަރުންނަށް އެއްމަސް ނިމޭއިރު ބާކީ ބޭނުންނުކުރެވި ހުންނަ ޖީބީކޮޅު އަނެއް މަހަށް ޓްރާންސްފާ ކޮށްގެން ބޭނުން ކުރެވޭނެއެވެ. މި ފަދައިން ބޭނުން ކުރެވޭނީ އެ ކަސްޓަމަރެއް ބިލު ދައްކަން ހިޔާރުކުރާ މުއްދަތުގެ ތެރޭގައެވެ. އޭގެއިތުރުން 12 މަހުގެ ޕްލޭނާއި އެކު، އިތުރު ދެމަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބިގެން ދާނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް ހުސެން ނިޔާޒު ވިދާޅުވީ "ސުޕަނެޓް ސޭވާ"ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތް އުރީދޫ ޕޯޓަލް މެދުވެރިކޮށް ހޯދޭނެ ކަމަށެވެ.

6 މަހުގެ ސުޕަނެޓް ސޭވާ ޕްލޭންގެ ތަފްސީލު:

  • - ސުޕަނެޓް ސޭވާ 10 އެމް ސިލްވާ، 50 ޖީބީ - 2،970 ރުފިޔާ
  • - ސުޕަނެޓް ސޭވާ 10 އެމް ޕްލެޓިނަމް، 150 ޖީބީ - 5،640 ރުފިޔާ
  • - ސުޕަނެޓް ސޭވާ 50 އެމް، 400 ޖީބީ - 9،960 ރުފިޔާ

12 މަހުގެ ސުޕަނެޓް ސޭވާ ޕްލޭންގެ ތަފްސީލު:

  • - ސުޕަނެޓް ސޭވާ 10 އެމް ސިލްވާ، 50 ޖީބީ - 5،460 ރުފިޔާ
  • - ސުޕަނެޓް ސޭވާ 10 އެމް ޕްލެޓިނަމް، 150 ޖީބީ - 10،488 ރުފިޔާ
  • - ސުޕަނެޓް ސޭވާ 50 އެމް، 400 ޖީބީ - 18،480 ރުފިޔާ

އުރީދޫން އިން މިއަދު ތައާރަފްކުރި ޕްލޭންތަކާއި އެކު މަހުން މަހަށް ބިލް ދެއްކުމުގެ ދަތިތަކަށް ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މީ ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.