އދ މަހިބަދޫ ގެއެެއްގައި މިރޭ 19:21 ހާއިރު އަލިފާން ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންނާ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ މިރޭ 8:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައި ވާގޮތުން އެގޭގައި އަލިފާން ރޯވެފައިވަނީ ގޭތެރޭގައި އޮތް ގޯންޏެއް ނުވަތަ ފައިބާ މެޓް ކަހަލަ އެއްޗެއްގައި އަލިފާން ހިފުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.