ކަތަރުޕޫރު ކޮރިޑޯ ގާއިމުކުރުމާއި ބެހޭ ގޮތުން އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާތައް ފަށައިފިއެވެ.

ކަތަރުޕޫރު ކޮރިޑޯ މަޝްވަރާތަކަކީ ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ކަތަރުޕޫރުގައި އޮންނަ ގުރުދުވާރާ ދަރުބާރު ސާހިބްއޭ ކިއުނު ސަރަހައްދާއި އިންޑިއާގެ ޕަންޖާބުގައި އޮންނަ ދުރުދާސްޕޫރު ޑިސްޓްރިކްޓް ގުޅާދޭ "ފާލަމެއް" ގާއިމުކުރުމާއި ގުޅޭ މަޝްވަރާތަކެކެވެ.

މި ސަރަހައްދަކީ އިންޑިއާގެ ސިކުންނަށް މުހިންމު ސަރަހައްދެއްގެ ގޮތުގައި އެގައުމުން ދެކެމުން އަންނަ ސަރަހައްދެކެވެ.

އިންޑިއާއާއި ޕާކިސްތާނުގެ އޮފިޝަލުންގެ މެދުގައި ހިނގާ މިމަޝްވަރާތައް ކުރިއަށްދަނީ އަތާރީ ވަގަހު ބޯޑަރުގެ އިންޑިއާއާއި ވީ ފަޅީގައެވެ.

މިމަޝްވަރާތަކަކީ އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ފާއިތުވީ މަހެއްހާ ދުވަހު އުފެދުނު ބޮޑު ހަމަނުޖެހުންގަނޑަށްފަހު ދެގައުމުންވެސް ސީދާ ގޮތުން ކުރިއަށް ގެންދާ ފުރަތަމަ މަޝްވަރާތަކެވެ.