ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދާ މަތިގަނޑު ޕްރޮމޯޝަނުން ޕްރިމިއާ ލީގް މެޗެއް ބަލާލަން ދިއުމަށް ހޮވި ނަސީބުވެރި ހަތަރު ފަރާތަކާއި، ޓީވީ ލިބޭ ޑެއިލީ ލަކީ ޑްރޯގެ ނަސީބުވެރިންނަށް އިނާމް ހަވާލުކޮށްފިއެވެ.
ސިޓްރޮން ބައި ލެމަން ގްރާސްގައި މިއަދު ހަވީރު ކޮކާކޯލާ އިން ބޭއްވި ރަސްމިއްޔާތެއްގައި ވީކްލީ ލަކީޑްރޯއިން ޕްރިމިއާ ލީގު މެޗެއް ބަލާލުމަށް ގެންދާ ނަސީބުވެރިންނާއި ޑެއިލީ ލަކީޑްރޯ އިން ޓީވީ ލިބުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ޕިއްޒާ ބޯނާގެ ޗެއާމަން ހުސައިން އާރިފެވެ.
މިއަދަކީ މި ޕްރޮމޯޝަންގެ 32 ވަނަ ދުވަހަށް ވާއިރު، މި ޕްރޮމޯޝަންގެ ބާކީ 13 ދުވަސްް އެބައޮތެވެ. އެ 13 ދުވަހު ޑެއިލީ ލަކީޑްރޯއިން އިތުރު 13 ނަސީބުވެރިންނަށް ޓީވީ ލިބިގެން ދާނެކަމަށާއި، ވީކްލީ ލަކީޑްރޯއިން ޕްރިމިއާ ލީގު މެޗެއް ބަލާލުމަށް އިންގްލޭންޑަށް ދިއުމަށް ދެން ހޮވާނީ ތިން ފަރާތް ކަމަށް ކޮކާކޯލާއިން ބުނެއެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިޔާއަށް މި ލިބެނީ އިތުރު މީހަކާއެކު އިންގްލޭންޑަށް ޕްރިމިއާ ލީގު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތެވެ. އަދި ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިޔާއަށް މި ލިބެނީ ސެމްސަންގް އަލްޓްރާ އެޗްޑީ 43 އިންޗީގެ ލެޑް ޓީވީއެކެވެ.
ކޮކާކޯލާއިން ކުރިއަށް ގެންދާ މި ކެމްޕޭނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކޮކާކޯލާ ސައުތްވެސްޓް އޭޝިއާގެ ރީޖަން މާކެޓިން މެނޭޖާ އަމާނަތު ދައްތާ ވިދާޅުވީ، ކޮކާކޯލާ ބޯ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދާ ކަމަށެވެ. އަދި ކޮކާކޯލާއަކީ އަބަދުވެސް ފުޓުބޯޅައަށް ހިތްވަރުދީ ތަރުހީބުދޭ ކުންފުންޏެއް ކަމަށާއި ޕްރިމިއާ ލީގް މެދުވެރިކޮށް އެ ކުންފުނިން ބޭނުންވަނީ ކޮކާކޯލާގެ ފޭނުން ވީހާވެސް ކުޅިވަރާ ގާތްކުރުމަށެވެ.
ކޮކާކޯލާގެ ރަން މަތިގަނޑު ޖެހި ފުޅިތަކުގެ މަތިގަނޑު ދަށުގައިވާ ކޯޑު 2626 އަކަށް އެސްއެމްއެސް ކުރުމުން އެެރެއެއްގެ ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޮކާކޯލާގެ 300 އެމްއެލް އާއި 500 އެމްއެލް އަދި 1.250 އެމްއެލްގެ ފުޅީގެ މަތިގަނޑު ދަށުގައިވާ ކޯޑު އެސްއެމްއެސް ކޮށްގެންނެވެެ.
ކޮކާކޯލާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ބުއިމެކެވެ. 132 އަހަރުވެފައިވާ މި ކުންފުނި ރާއްޖެއަށް ތައާރަފްވެ ތަފާތު އެކި ރަހަތަކުގެ މީރު ބުއިންތައް ވިއްކަމުންދާ އިރު ކޮކާކޯލާއިން އެ މީހުންގެ ކަސްޓަމަރުން ތަފާތު އެކި މުނާސަބަތުތަކާ ގުޅުވައިގެން އެކި ކަހަލަ ޕްރޮޖެކްޓާއި އިވެންޓްތަކުގައި ބައިވެރިކުރުވައެވެ.
އެގޮތުން ކުޅިވަރުގެ މައިދާނުގައި ކޮކާކޯލާއިން ހާއްސަކަމެއް ދީގެން ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ހުޅުވާލާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ނިމިގެން ދިޔަ ވޯލްޑް ކަޕްގައި ވެސް އެތަކެއް ދިވެހީންނެއް ރަޝިއާއަށް މެޗު ބެލުމަށް ކޮކާކޯލާއިން ގެންގޮސްފައިވާ އިރު، އޭގެކުރިން ފްރާންސްގައި އޮތް ޔޫރޯއަށްވެސް ކޮކާކޯލާއިން ވަނީ ގިނަ ދިވެހިންތަކެއް ގެންގޮސްފައެވެ.