ޑެލް އަދި ވާވޭގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓިބިއުޓަރު މެކްސްކޮމް ޓެކްނޮލޮޖީ އަށް "ގޯލްޑް 100" އެވޯޑު ލިބިއްޖެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ރަނގަޅު ވިޔަފާރިތައް ހޮވައި ދޭ މި ހާއްސަ އެވޯޑު މިދިޔަ އަހަރު ވެސް މެކްސްކޮމް އަށް ވަނީ ލިބިފައެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ގޯލްޑް 100 އެވޯޑް ހަފްލާގެ ތެރެއިން މި އެވޯޑާ މެކްސްކޮމްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖަރު ކޯޕަރޭޓް ސާވިސް މުހައްމަދު ޒައިދީ އެވެ.

ރާއްޖޭގައި ވިއްކާ ޑެލްގެ އުފެއްދުންތައް އެންމެ ފުޅާ ދާއިރާއެއްގައި ސާވިސްދީ އަދި މި އުފެއްދުންތައް ފޯރުކޮށްދޭ މެކްސްކޮމް އަށް ލިބުނު ގޯލްޑް 100 އެވޯޑާއެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނިތަކުގެ ތެރޭގައި ވަނީ ހިމެނިފައެވެ.

މެކްސްކޮމްއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ވިކޭ ފޯނު ކަމަށްވާ ވާވޭގެ އުފެއްދުންތައް ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. ނިމިދިޔަ ބުރާސްފަތި ދުވަހުގެރޭ މެކްސްކޮމްއިން ވަނީ ވާވޭގެ ނޯވާ4 ސީރީސްގެ ފޯނު ލޯންޗުކޮށްފައެވެ.