ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދާ ކޮކާކޯލާ މޯލްޑިވްސް ޕްރިމިއާ ލީގް ޕްރޮމޯޝަން 2019 ގެ ޑެއިލީ ނަގާ ލަކީ ޑްރޯގައި 25 ވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. 45 ނަސީބުވެރިއަކު ހޮވަން ކަނޑައަޅާފައިވާ މި ޕްރޮމޯޝަންގެ ދެން ބާކީ އޮތީ 20 ނަސީބުވެރި ފަރާތެއް ހޮވުމެވެ.

ޑެއިލީ ޕްރައިޒްގެ ގޮތުގައި 25 ނަސީބުވެރިއަކު ވަނީ ހޮވާފައެވެ. 25 ވަނަ ނަސީބުވެރިޔާ ހޮވުމަށް ލަކީ ޑްރޯ ނެގުމަށް ބައިވެރިވި މެހެމާނަކީ ލަވަކިޔުންތެރިއެއްގެ ގޮތަށް ފިޔަޖަހަމުން އަންނަ ޒުވާން ތަރި ޝަލަބީ އިބްރާހީމެެވެ.

އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން މަތިގަނޑު ޕްރޮމޯޝަންގައި ކޮންމެ ރެއަކުވެސް ނަސީބުވެރި ފަރާތެއް ނަގަމުން ދާ އިރު 45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ދުވަހު ނަގާ ނަސީބުވެރިއަކަށް 43 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާ އިރު ކޮންމެ ހަފްތާއަކު ޕްރިމިއާ ލީގް ބަލާލަން ދިއުމަށްވެސް ނަސީވެރި ފަރާތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާތަނަށް ޕްރިމިއާ ލީގްގެ މެޗު ބަލާލަން ދާން ތިން ނަސީބުވެރިއަކު ވަނީ ހޮވާފައެވެ.

މި ޕްރޮމޯޝަންގައި ޕްރިމިއާ ލީގްގެ މެޗެއް ބަލާލަން ދިއުމަށް ވީކްލީ ލަކީ ޑްރޯގައި ހޮވާނީ ޖުމްލަ ހަތް ފަރާތެކެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރިމިއާ ލީގް މެޗަކަށް ދިއުމަށް ނަސީބުވެރިއަކު ހޮވަން ހަމަޖެހިފައި ވާއިރު މެޗު ބަލާލަން ދިއުމަށް ހޮވާ ނަސީބުވެރި ފަރާތަށް ލިބޭ ފުރުސަތަކީ "ޖޯޑަކަށް" ނުވަތަ ދެމީހަކަށް ބައިވެރިވެވޭނެ ފުރުސަތެކެވެ.