ދެން ވައިބާއިން ސަޅި ސްޓިކާއެއް ފޮނުވާނުލައެއް ނުހުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސް އިން ވައިބާ ސްޓިކާތައް ގަނެވޭނެ އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފްކޮށްފައި ވަނީ އުރީދޫގެ ކަސްޓަމަރުންނަށް ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން މަހަކު އެންމެ 19 ރުފިޔާ ދައްކައިގެން ވައިބާގެ ހުރިހާ ސްޓިކާ ޕެކްތަކެއް ލިބޭ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ.

ވައިބާގެ ޕްރިމިއަމް ސްޓިކާ ޕެކްތަކުގެ ތެރެއިން ކޮންމެ ޕެކެއް 1.99 ޑޮލަރު (30.6 ރުފިޔާއަށް) ވިއްކަން ހުންނައިރު، ގިނަ ބަޔަކު އަންނަނީ މި ޕެކްތައް ގަންނަމުން ކަމަށް އުރީދޫއިން ބުނެއެވެ. ޕްރިމިއަމް ވައިބާ ސްޓިކާގެ ހިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމުން ލިބޭ ހިދުމަތެކެވެ. އަންލިމިޓެޑް ވައިބާ ސްޓިކާގެ މި ހިދުމަތުން ޕްރިމިއަމް ސްޓިކާ ޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ.

އަންލިމިޓެޑް ވައިބާ ސްޓިކާގެ ހިދުމަތް ހޯދަން ބޭނުންވާނަމަ، "STICKER" ޖެހުމަށް ފަހު 4114 އަށް މެސެޖެއް ފޮނުވުމުން ވައިބާގެ ސްޓިކާ މާކެޓުން ބޭނުން ވަރަކަށް ޑައުންލޯޑް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ދިވެހިންގެ ތެރޭގައި ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިން ވައިބާ އަކީ ވަރަށް މަގުބޫލު އެޕެކެވެ. ރައްޓެހިންގެ މެދުގައާއި އާއިލާ ތެރޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ވައިބާ ގްރޫޕުތައް ހަދައިގެން ބޭނުންކުރުން މިއަދު ވަނީ އާންމުވެފައެވެ. މިފަދަ ޗެޓް ގްރޫޕްތަކުގައި ވައިބާ ސްޓިކާތައް ބޭނުންކުރުން އާންމުވެފައިވާ އިރު ގިނައިން ސްޓިކާ ބޭނުންކުރަމުން ދަނީ ޒުވާނުންނާ ފުރާވާރުގެ އުމުރު ފުރައިގެ ކުދިންނެވެ. އެކި މުނާސަބަތުތަކާ ގުޅޭ ގޮތަށް ވައިބާއިން ތަފާތު ޑިޒައިންތަކުގެ ސްޓިކާތައް ނެރެމުންދާއިރު އެ ސްޓީކާތަކުގައި ލިޔުމުން ބޭނުންކޮށްފައިވާ ޝުއޫރުތައް ބޭނުންކުރަން ގިނަ ބަޔަކު ބޭނުންވެއެވެ.

މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހިކޮށްދީން މީ ރަނުގެ ފުރުސަތެކެވެ.