އަންނަ މަހުގެ އެކެއްވާ ހުކުރު ދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ބައެއް ހިދުމަތްތަކުގެ އަގު ބޮޑު ކުރަން ނިންމައިފިއެވެ.
އޭޑީކޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަންނަ މަހުން ފެށިގެން އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު އަންނާނެ ކަމަށާއި، އެގޮތުން އެނދުގެ އަގާއި، ބައެއް އޮޕަރޭޝަންތަކުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.
އޭގެ އިތުރުން ޑޮކްޓަރަށް ދެއްކުމުގެ ފީއަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އާންމު ކޮންސަލްޓޭޝަން ޑޮކްޓަރަށް ދެއްކުމުގެ ފީއަކަށް ކަނޑައަޅާފައި ވަނީ 300 ރުފިޔާއެވެ. އަދި ސުޕާ-ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފީއަކަށް ކަނޑައަޅާފައި 500 ރުފިޔާއެވެ. ޑޮކްޓަރަށް ދެއްކުން ފިޔަވާ އެހެން ހިދުމަތްތަކުން
އަދި ޑޮކްޓަރަށް ދައްކަން ނަގާ ފީ ފިޔަވައި، ދެން ހުރި ހިދުމަތްތަކަށް ނަގާ މިންވަރު އިތުރުކުރާނީ 10-15 ޕަސެންޓުގެ މިންވަރު ކަމަށެވެ.
އަގުތައް ބޮޑުކުރަން ޖެހުނީ، ހޮސްޕިޓަލްގައި ބޭނުންކުރާ އިކުއިޕްމެންޓްތަކާއި މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާ ގުޅިގެން ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން މިވޭތުވެ ދިޔަ ދުވަސްތަކުގައި ހޮސްޕިޓަލުން ދޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުންގެ މުސާރަ އާއި އުޖޫރަ 115 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓްތަށް ހޯދުމަށް ކުރަން ޖެހޭ ހަރަދު 117 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަށް ފޯރުކޮށް ދިނުމުގައި މާލީ ދަތިތަކެއް ދިމާވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފަވެ އެވެ. އަދި މާލީ ދަތިކަމުން އަރައިގަނެވެން ހުރީ ހޮސްޕިޓަލުން ފޯރުކޮށްދޭ އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކަމަށްވެސް ވަނީ ބުނެފައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އަގުތަކަށް އެންމެ ފަހުން ބަދަލުތަކެއް ގެނެސްފައިވަނީ، 2012 ވަނަ އަހަރު އެވެ. އޭޑީކޭ ހޮސްޕިޓަލްގައި މިހާރުވެސް ދަނީ 15 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، އަށް ސުޕަ ސްޕްޝަލިސްޓް ޑޮކްޓަރުން ހިދުމަތް ދެމުންނެވެ.
ސަރުކާރުން ކުޑަ އަގުގައި ބިން ނަގައިގެން ހިންގާ ހޮސްޕިޓަލުން މިގޮތަށް ހިދުމަތުގެ އަގު ބޮޑު ކުރުމުން ގިނަ ބަޔަކި ދަނީ ފާޑު ކިޔަމުންނެވެ.
މިއީ ކުޅޭ ކުޅިވަރެއްތައް؟ ބޭނުންހާ ގޮތެއް ތިހަދަނީ؟؟ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕްރައިވެޓް ތަންތަނަށް ސަރުކާރު އިންޝުއަރެންސެއް ނުދޭ، އަބަދުވެސް ޕްރައިވެޓް ކުންފުނިތަކަށް ފައިދާ ނުވެގެން އަގު ބޮޑުކުރަންވެފައި އޮންނާތީ. ސަރުކާރުން އޭޑީކޭ އާސަންދަ ހުއްޓާލައި، ވީއެންމެ އަވަހަށް ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަންވީ. މުޅިން ހިލޭ އާސަންދަ ލިބޭގޮތައް. އޭރުން އޭޑީކޭއާއި ޕްރައިވެޓް ތަންތަނުން ހިދުމަތް ރަނގަޅުކުރަން އަދި އަގުތައް ތިރިކުރަންވެސް މަޖުބޫރުވާނެ. ޕްރައިވެޓް ހޮސްޕިޓަލަށް ދައްކަން ޕްރައިވެޓް އިންޝުއަރެންވެސް އޭރަން ނަގާނެ. މިހާރު މިވާ ގޮތުން ރައްޔިތުންގެ ޓެކްސް ލާރި ވަކި ބަޔަކަށް އިންސާފެއް ނެތި މިލިބެނީ.
އައްނަމަހު އެކެއްވާނީ ހުކުރު
ރައްޔިތުން ފެލާ ކުންފުނި. މިތަނުގެ ބިމުގެ ކުލި ބޮޑުކުރަންވީ ނޫނީ އަތުލަންވީ. މިކަން މިމީހުންނަށް ވުރެ ރަނގަޅަށް އަދި ހަމަ އަގުގައި ކުރާނެ ބަޔަކަށް ދޭންވީ. މިހާރުވެސް އާސަންދައިގެ 80% ކާލައިގެން އުޅޭބައެއް.