އޫރިދޫއިންް އޫރިދޫ ސަޓަޑޭގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ ފޮޓޯގައިވާ ތަންް ދިމާކޮށްގެން 500 ރުފިޔާގެ ގިފްޓް ވޯޗަރެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަންއެކެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ހޭޝްޓެގް އޫރިދޫ ސަޓަޑޭ ޖެހުމަށްފަހު ފޮޓޯގައިވަނީ ކޮންތަނެއްކަން ބުނަންޖެހެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ އިން 19 ފެބްރުއަރީގެ ރޭގަނޑު 23:00 އަށެވެ.
އޫރިދޫއަކީ ރާއްޖޭގައި މުަވާސަލާތީ ހިދުމަތްދޭ ކުންފުނި ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ. އޫރިދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށާއި ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައެވެ. އެގޮތުން ޑިޖިޓަލް އެވެއަރނެސްއަށް މީހުން ހޭލުންތެރި ކުރުމަށް ހިންގާ ހަރަކާތެއް މިއަދުވެސް އޫރިދޫ ކަސްޓަމަރ ކެއާރ ގައި ކުރިއަށް އެބަދެއެވެ.