ރާއްޖޭގެ މާލީ އެހީދޭ އިދާރާތައް ނުވަތަ ބޭންކު ތަކަކީ ފައިސާ ރައްކާ ކުރަން ރައްޔިތުންނަށް އެހީވެދޭ މުއައްސަސާތަކަށް ވުރެ ބޮޑަށް މިއަދު ބަދަލު ވަމުން މިދަނީ ރައްޔިތުން 'ފެލައި މެޝިން' ތަކަކަށެވެ. ލުއި ލޯނާ އެނޫންވެސް ޝައުގުވެރި ކުރުވާ ނަން ނަމުގައި ތަފާތު ޕްރޮމޯޝަން ހިންގައިގެން 'މަޅީގައި' ޖެހޭ މީހުން ގިނައެވެ. 'އަހަރެމެންގެ ބޭންކޭ، އެންމެންގެ ބޭންކޭ' ނުވަތަ އެނޫންވެސް ސްލޯގަންތަކުން މީހުންގެ ސަމާލުކަން ހޯދުމުގެ އަނެއް ފަރާތުގައި އޮތީ ބޮޑު ވިޔަފާރިއެވެ.

ދައްކަން މިއުޅެނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނު އިތުރަށް ފުޅާކޮށް ތިންލައްކަ އާއި ހަމައަށް ލޯނާ ގުޅިފައި ހުރި ވާހަކަތަކެވެ. ލުއި ލޯނާ، ލުއި އެކްސްޕްރެސް އަކާ ލުއި ޕްރޮފެޝަނަލެއްގެ ނަމުގައި ދޫކުރާ ލޯނުތަކުގެ ވާހަކައެވެ.

ކުރިން އެއްލައްކަ އާއި ހިސާބަށް ދޫކުރި ލޯނު ތިން ލައްކައަށް ހަދާލައި 'ދިވެހި ބައެއް މޮޑެލުން' ލައިގެން ކުރާ އިސްތިހާރުތައް މިއަދު ވަނީ 'ވައިރަލް' ވެފައެވެ. 'އެންމެ ފަސޭހަ އަދި އެންމެ އަވަހަށް ލިބޭ ލޯން' ސްކީމަށް އާންމުންގެ ފާޑުކިއުން ވަނީ އިންތިހާއަށް ގިނަވެފައެވެ.

ސޯޝަލް މިޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އޭނާގެ އެކައުންޓް ބެލެންސް ފެންނަ ސްކްރީންޝޮޓެއް ހިއްސާކޮށް އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލައިފައެވެ. އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ލިބޭ އާމްދަނީން ގޭގެ ކުލި ދެއްކީމާ އޭނާ ވަނީ ހުއްޔެވެ. ބޭންކުގެ ލޯނަން އެދެވޭކަށް ނޯވެއެވެ. ޝަރުތު ގިނަ ކަމުން ޝަރުތު ހަމަ ނުވެގެންނެވެ.

އެބުނާ 'ލުއި' ލޯނަށް ރަހުނެއް ބަހައްޓަން ނުޖެހޭ ކަމަށް ބުނެ ޕްރޮމޯޓު ކުރާ އިރު ލޯނަން އެދޭ މީހާގެ އާމްދަނީ 60 ހާހަށް އަރައިގެން ނޫނީ ތިންލައްކަ ރުފިޔާއަށް އެދެވޭނެ ގޮތެއް ނެތެވެ. އަދި 60 ހާސް ލިބުމަކުން ނުފުދެއެވެ. އެ 60 ހާސް، މެދު ނުކެނޑި އެކައުންޓަށް ޖަމާވަމުން ދާތާ 6 މަހާއި 1 އަހަރު ދުވަސްވެސް ވާން ޖެހެއެވެ. އެ ދެމެދުން އެންމެ މަހެއް މެދުކެނޑުނަސް ޝަރުތު ހަމައެއް ނުވެއޭ ބުނެ 'އެޕްލިކޭޝަން ރިޖެކް' ކުރުމުގެ ފުރުސަތު ބޭންކަށް އޮވެއެވެ. އަދި އެ 60 ހާހަކީ ވަޒީފާ އަދާ ކުރާ އެއްތަނަކުން ލިބޭ އާމްދަނީ އަކަށްވެސް ވާން ޖެހެއެވެ. އެއް ތަނަށް ވުރެ ގިނަ ތަނުން ލިބޭ އާމްދަނީ 60 ހާހަށް އެރިއަކަސް ބޭންކުން އެކަން ބަލައެއް ނުގަނެއެވެ.

ވަނީ ލުއިތަ ނޫނީ ވަނީ ހުލިތަ؟

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ލިބޭ އިތުރު ގަޑިއާ އެނޫންވެސް އެލަވަންސްތައް އެއްކޮށްލީމާ ގެއަށް ގެންދަން ލިބޭ އާމްދަނީ 12 ހާހަށް ނާރާ ނިސްބަސް 80 އިންސައްތައަށް ވުރެ މައްޗެވެ. ގޭގެ ކުއްޔަށް ދެމަފިރިން 'ތެޔޮ ހޭނިގެން' 15 ހާސް ދައްކާފައި، ފެން ބިލާ ކަރަންޓް ބިލަށް ހާހެއް ދެއްކުމަށް ފަހު ކެއުން ބުއިމާ، ދަރިންގެ ސްކޫލު ފީ ކަނޑާލީމާ އަތުގައި އޮންނަނީ ގިނަ ފަހަރަށް ދެހާސް ނުވަތަ ދޮޅުހާސް ރުފިޔާއެވެ. އެވްރެޖް އާމްދަނީ 12 ހާސް ލިބޭ މީހަކަށް އެ ބުނާ 'ލުއި' ލޯނުން ލިބޭނީ 60 ހާސް ރުފިޔާއެވެ. އެ ލޯނު ނަގައިފިނަމަ މަހަކު 1540 ރުފިޔާ ދައްކަން ޖެހެއެވެ. 5 އަހަރު ވާންދެން މަހަކު 1540 ދައްކަން އެލޯނު ނަގަނީ ދިރިއުޅުމަށް ބޭނުންވާ ކޮންމެވެސް މުހުތާދެއް ފުއްދުމަށެވެ. އެއީ ދޮންނަ މެޝިނެއް ގަތުން ކަމަށް ވިޔަސް، ފަހާފޮށްޓެއް ނުވަތަ އަލަމާރިއެއް، އެނދެން ނަމަވެސް ވެހެވެ. މި ބުނާ 1540 ދައްކައި ދައްކާ ހުއްޓާ ގޭގެ ކުލި ބޮޑުވެއެވެ. ސްކޫލު ފީ ބޮޑުވެއެވެ. ސައިކަލަށް އަޅާ ޕެޓްރޯލް ބޮޑުވެއެވެ. މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން 'ނުފެންނަ ޗާޖަސް' ނަގާ ޑޭޓާ ހުސްކޮށްލައެވެ.

ދެން މި ދޫކުރާ 300،000 ރުފިޔާއަށް އެލެޖިބަލް ނުވަތަ ޝަރުތު ހަމަވާ އިންސައްތައަށް ބަލައިލަމާތޯއެވެ. ރާއްޖޭގެ ވާޒީފާގެ ބާޒާރުގައި 60 ހާހުގެ މުސާރައެއް ލިބޭ މީހުން އިނގިލިން ގުނާލެވޭނެއެވެ. އެ ގިންތިއަކީ ރާއްޖޭގައި މުއްސަނދިންގެ ކެޓަގަރީގައި ގުނާލެވޭ މީހުންނާ، މަޖިލީސް މެންބަރުންނާ ކޮންމެވެސް އެކެއް ދެ ޕްރައިވެޓް އޮފީހުގެ އެމްޑީއެއް ނުވަތަ ސީއީއޯއާ، ބައެއް ވިޔަފާރިތައް ހިންގާ ވިހި ފަންސާހަކަށް މީހުންނެވެ. ތިން ލައްކަ ނަގައިފިނަމަ އެމީހުން މަހަކު ދައްކަން ޖެހޭނީ 7،680 ރުފިޔާއެވެ.

ރާއްޖޭގެ މާލީ އެހީދޭ އިދާރާތައް ނުވަތަ ބޭންކު ތަކަކީ ފައިސާ ރައްކާ ކުރަން ރައްޔިތުންނަށް އެހީވެދޭ މުއައްސަސާތަކަށް ވުރެ ބޮޑަށް މިއަދު ބަދަލު ވަމުން މިދަނީ ރައްޔިތުން 'ފެލައި މެޝިން' ތަކަކަށެވެ. ލުއި ލޯނާ އެނޫންވެސް ޝައުގުވެރި ކުރުވާ ނަން ނަމުގައި ތަފާތު ޕްރޮމޯޝަން ހިންގައިގެން 'މަޅީގައި' ޖެހޭ މީހުން ގިނައެވެ. 'އަހަރެމެންގެ ބޭންކޭ، އެންމެންގެ ބޭންކޭ' ނުވަތަ އެނޫންވެސް ސްލޯގަންތަކުން މީހުންގެ ސަމާލުކަން ހޯދުމުގެ އަނެއް ފަރާތުގައި އޮތީ ބޮޑު ވިޔަފާރިއެވެ.  ދައްކަން މިއުޅެނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނު އިތުރަށް ފުޅާކޮށް ތިންލައްކަ އާއި ހަމައަށް ލޯނާ ގުޅިފައި ހުރި ވާހަކަތަކެވެ. ލުއި ލޯނާ، ލުއި އެކްސްޕްރެސް އަކާ ލުއި ޕްރޮފެޝަނަލެއްގެ ނަމުގައި ދޫކުރާ ލޯނުތަކުގެ ވާހަކައެވެ.   ކުރިން އެއްލައްކަ އާއި ހިސާބަށް ދޫކުރި ލޯނު ތިން ލައްކައަށް ހަދާލައި 'ދިވެހި ބައެއް މޮޑެލުން' ލައިގެން ކުރާ އިސްތިހާރުތައް މިއަދު ވަނީ 'ވައިރަލް' ވެފައެވެ. 'އެންމެ ފަސޭހަ އަދި އެންމެ އަވަހަށް ލިބޭ ލޯން' ސްކީމަށް އާންމުންގެ ފާޑުކިއުން ވަނީ އިންތިހާއަށް ގިނަވެފައެވެ.   ސޯޝަލް މިޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އޭނާގެ އެކައުންޓް ބެލެންސް ފެންނަ ސްކްރީންޝޮޓެއް ހިއްސާކޮށް އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލައިފައެވެ. އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ލިބޭ އާމްދަނީން ގޭގެ ކުލި ދެއްކީމާ އޭނާ ވަނީ ހުއްޔެވެ. ބޭންކުގެ ލޯނަން އެދެވޭކަށް ނޯވެއެވެ. ޝަރުތު ގިނަ ކަމުން ޝަރުތު ހަމަ ނުވެގެންނެވެ.   އެބުނާ 'ލުއި' ލޯނަށް ރަހުނެއް ބަހައްޓަން ނުޖެހޭ ކަމަށް ބުނެ ޕްރޮމޯޓު ކުރާ އިރު ލޯނަން އެދޭ މީހާގެ އާމްދަނީ 60 ހާހަށް އަރައިގެން ނޫނީ ތިންލައްކަ ރުފިޔާއަށް އެދެވޭނެ ގޮތެއް ނެތެވެ. އަދި 60 ހާސް ލިބުމަކުން ނުފުދެއެވެ. އެ 60 ހާސް، މެދު ނުކެނޑި އެކައުންޓަށް ޖަމާވަމުން ދާތާ 6 މަހާއި 1 އަހަރު ދުވަސްވެސް ވާން ޖެހެއެވެ. އެ ދެމެދުން އެންމެ މަހެއް މެދުކެނޑުނަސް ޝަރުތު ހަމައެއް ނުވެއޭ ބުނެ 'އެޕްލިކޭޝަން ރިޖެކް' ކުރުމުގެ ފުރުސަތު ބޭންކަށް އޮވެއެވެ. އަދި އެ 60 ހާހަކީ ވަޒީފާ އަދާ ކުރާ އެއްތަނަކުން ލިބޭ އާމްދަނީ އަކަށްވެސް ވާން ޖެހެއެވެ. އެއް ތަނަށް ވުރެ ގިނަ ތަނުން ލިބޭ އާމްދަނީ 60 ހާހަށް އެރިއަކަސް ބޭންކުން އެކަން ބަލައެއް ނުގަނެއެވެ.   ވަނީ ލުއިތަ ނުވީ ވަނީ ހުލިތަ؟  ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ލިބޭ އިތުރު ގަޑިއާ އެނޫންވެސް އެލަވަންސްތައް އެއްކޮށްލީމާ ގެއަށް ގެންދަން ލިބޭ އާމްދަނީ 12 ހާހަށް ނާރާ ނިސްބަސް 80 އިންސައްތައަށް ވުރެ މައްޗެވެ. ގޭގެ ކުއްޔަށް ދެމަފިރިން 'ތެޔޮ ހޭނިގެން' 15 ހާސް ދައްކާފައި، ފެން ބިލާ ކަރަންޓް ބިލަށް ހާހެއް ދެއްކުމަށް ފަހު ކެއުން ބުއިމާ، ދަރިންގެ ސްކޫލު ފީ ކަނޑާލީމާ އަތުގައި އޮންނަނީ ގިނަ ފަހަރަށް ދެހާސް ނުވަތަ ދޮޅުހާސް ރުފިޔާއެވެ. އެވްރެޖް އާމްދަނީ 12 ހާސް ލިބޭ މީހަކަށް އެ ބުނާ 'ލުއި' ލޯނުން ލިބޭނީ 60 ހާސް ރުފިޔާއެވެ. އެ ލޯނު ނަގައިފިނަމަ މަހަކު 1540 ރުފިޔާ ދައްކަން ޖެހެއެވެ. 5 އަހަރު ވާންދެން މަހަކު 1540 ދައްކަން އެލޯނު ނަގަނީ ދިރިއުޅުމަށް ބޭނުންވާ ކޮންމެވެސް މުހުތާދެއް ފުއްދުމަށެވެ. އެއީ ދޮންނަ މެޝިނެއް ގަތުން ކަމަށް ވިޔަސް، ފަހާފޮށްޓެއް ނުވަތަ އަލަމާރިއެއް، އެނދެން ނަމަވެސް ވެހެވެ. މި ބުނާ 1540 ދައްކައި ދައްކާ ހުއްޓާ ގޭގެ ކުލި ބޮޑުވެއެވެ. ސްކޫލު ފީ ބޮޑުވެއެވެ. ސައިކަލަށް އަޅާ ޕެޓްރޯލް ބޮޑުވެއެވެ. މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން 'ނުފެންނަ ޗާޖަސް' ނަގާ ޑޭޓާ ހުސްކޮށްލައެވެ.   ދެން މި ދޫކުރާ 300،000 ރުފިޔާއަށް އެލެޖިބަލް ނުވަތަ ޝަރުތު ހަމަވާ އިންސައްތައަށް ބަލައިލަމާތޯއެވެ. ރާއްޖޭގެ ވާޒީފާގެ ބާޒާރުގައި 60 ހާހުގެ މުސާރައެއް ލިބޭ މީހުން އިނގިލިން ގުނާލެވޭނެއެވެ. އެ ގިންތިއަކީ ރާއްޖޭގައި މުއްސަނދިންގެ ކެޓަގަރީގައި ގުނާލެވޭ މީހުންނާ، މަޖިލީސް މެންބަރުންނާ ކޮންމެވެސް އެކެއް ދެ ޕްރައިވެޓް އޮފީހުގެ އެމްޑީއެއް ނުވަތަ ސީއީއޯއާ، ބައެއް ވިޔަފާރިތައް ހިންގާ ވިހި ފަންސާހަކަށް މީހުންނެވެ. ތިން ލައްކަ ނަގައިފިނަމަ އެމީހުން މަހަކު ދައްކަން ޖެހޭނީ 7،680 ރުފިޔާއެވެ.      ސުވާލަކީ ބޭންކުން މި ޕްރޮމޯޓު ކުރާ ލުއި ލޯނަކީ ހަމަ ހަގީގަތުގައިވެސް އެލޯނުގެ ބޭނުން ޖެހިފައި ތިބި ބަޔަކަށް ދިނުމުގެ ހެޔޮ ނިޔަތުގައި ތައާރަފު ކުރި ލޯނެއްތޯއެވެ. ނުވަތަ ބޭންކުގެ އިސް އާރުކާޓީންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން މަގާމުގެ ކުރިއެރުން ހޯދުމަށާ، ބައެއް ބޭފުޅުން ސީއީއޯ ކަމުގެ މަގާމަށް ކަޅިއަޅައިގެން ތިބީމާ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްތޯއެވެ. ނުވަތަ ބޭންކަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ވިޔަފަރިއަކީ މި ލޯނުތައް ކަމަށް ވާތީ މި ގޮތަށް 'ރައްޔިތުންގެ ކަރުގައި މަޅި' އެޅޭގޮތަށް 'ރައްޔިތު މީހާ ހުލި' ވާ ގޮތަށް މާ ސިންގާ އިންޓަރެސްޓް ރޭޓުގައި ލޯނު ދިނުމުން ބޭންކުގެ ނަފާ އެތައް ގުނައަކުން ބޮޑުވާތަން ޝެއާ ހޯލްޑަރުންނަށް ދައްކައިގެން އެމީހުންގެ ރުހުން ހޯދުންތޯއެވެ.   ބޭންކް އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމްލަ ލޯނާ އެޑްވާންސް ފައިސާގެ ދާއިރާ ވަނީ 27 އިންސައްތަ އަށް ކުރިއަރާފައެވެ. ޖުމްލަ ލޯނުގެ ގޮތުގައި 12 ބިލިއަން އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާ ވިޔަފާރި ކަސްޓަމަރުން ހިމެނެއެވެ. ބޭންކުގެ އަހަރި ރިޕޯޓަށް ނަޒަރު ހިންގާލާއިރު، އެންމެން އެވާހަކައެއް މިދައްކާ 'ލުއި' ލޯނު ތަކުގެ ތަފްސީލުތަކެއް ހިމަނާފައި ނެތެވެ. ފެންނަން އޮތީ ފައިދާއެއް ނެތް ކަންކަމަށް ލޯނަށް އެދި ހުށަހަޅާފައި އޮތް ވާހަކައަކާއި ލޯނު ގެއްލުން ފޫބައްދަން އެވެނި މިވެނި ވަރެއް ހަރަދު ކުރި ވާހަކައެކެވެ.   ބޭންކުގެ މި ލުއި ލޯނަކީ މުޅި ބޭންކުގެ ވިޔަފާރީގެ ތެރެއިން އެބޭންކުން އެންމެ ބޮޑު ނަފައެއް ހޯދާ ވިޔަފާރިއެވެ. އެކަން އަހަރީ ރިޕޯޓު ބަލައިލީމާ ސާފުވެއެވެ. އަދި ތަފާތު އެކި ގޮތްގޮތުން ބެލިބެލުމުންވެސް އެނގުނީ ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ވިޔަފާރީގެ ތެރެއިން މި ލޯނުތަކަކީ އެންމެ ބޮޑު އާމްދަނީއެއް ހޯދާ ވިޔަފާރިކަމެވެ.   ދުނިޔޭގެ އެހެން ބައެއް ތަންތަނާ ހިލާފަށް ރާއްޖޭގައި މިހުންނަ މާލީ އިދާރާތައް ބަދަލުވެފައި މިވަނީ 'ދިވެހިންގެ ބޭންކަށް' ވުމުގެ ބަދަލުގައި 'ދިވެހިން ހުލި ކުރާ' ބޭންކުތަކަށް ނޫން ބާވައޭ ހިތައް އަރައެވެ.

ސުވާލަކީ ބޭންކުން މި ޕްރޮމޯޓު ކުރާ ލުއި ލޯނަކީ ހަމަ ހަގީގަތުގައިވެސް އެލޯނުގެ ބޭނުން ޖެހިފައި ތިބި ބަޔަކަށް ދިނުމުގެ ހެޔޮ ނިޔަތުގައި ތައާރަފު ކުރި ލޯނެއްތޯއެވެ. ނުވަތަ ބޭންކުގެ އިސް އާރުކާޓީންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން މަގާމުގެ ކުރިއެރުން ހޯދުމަށާ، ބައެއް ބޭފުޅުން ސީއީއޯ ކަމުގެ މަގާމަށް ކަޅިއަޅައިގެން ތިބީމާ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްތޯއެވެ. ނުވަތަ ބޭންކަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ވިޔަފަރިއަކީ މި ލޯނުތައް ކަމަށް ވާތީ މި ގޮތަށް 'ރައްޔިތުންގެ ކަރުގައި މަޅި' އެޅޭގޮތަށް 'ރައްޔިތު މީހާ ހުލި' ވާ ގޮތަށް މާ ސިންގާ އިންޓަރެސްޓް ރޭޓުގައި ލޯނު ދިނުމުން ބޭންކުގެ ނަފާ އެތައް ގުނައަކުން ބޮޑުވާތަން ޝެއާ ހޯލްޑަރުންނަށް ދައްކައިގެން އެމީހުންގެ ރުހުން ހޯދުންތޯއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމްލަ ލޯނާ އެޑްވާންސް ފައިސާގެ ދާއިރާ ވަނީ 27 އިންސައްތަ އަށް ކުރިއަރާފައެވެ. ޖުމްލަ ލޯނުގެ ގޮތުގައި 12 ބިލިއަން އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާ ވިޔަފާރި ކަސްޓަމަރުން ހިމެނެއެވެ. ބޭންކުގެ އަހަރި ރިޕޯޓަށް ނަޒަރު ހިންގާލާއިރު، އެންމެން އެވާހަކައެއް މިދައްކާ 'ލުއި' ލޯނު ތަކުގެ ތަފްސީލުތަކެއް ހިމަނާފައި ނެތެވެ. ފެންނަން އޮތީ ފައިދާއެއް ނެތް ކަންކަމަށް ލޯނަށް އެދި ހުށަހަޅާފައި އޮތް ވާހަކައަކާއި ލޯނު ގެއްލުން ފޫބައްދަން އެވެނި މިވެނި ވަރެއް ހަރަދު ކުރި ވާހަކައެކެވެ.

ބޭންކުގެ މި ލުއި ލޯނަކީ މުޅި ބޭންކުގެ ވިޔަފާރީގެ ތެރެއިން އެބޭންކުން އެންމެ ބޮޑު ނަފައެއް ހޯދާ ވިޔަފާރިއެވެ. އެކަން އަހަރީ ރިޕޯޓު ބަލައިލީމާ ސާފުވެއެވެ. އަދި ތަފާތު އެކި ގޮތްގޮތުން ބެލިބެލުމުންވެސް އެނގުނީ ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ވިޔަފާރީގެ ތެރެއިން މި ލޯނުތަކަކީ އެންމެ ބޮޑު އާމްދަނީއެއް ހޯދާ ވިޔަފާރިކަމެވެ.

ދުނިޔޭގެ އެހެން ބައެއް ތަންތަނާ ހިލާފަށް ރާއްޖޭގައި މިހުންނަ މާލީ އިދާރާތައް ބަދަލުވެފައި މިވަނީ 'ދިވެހިންގެ ބޭންކަށް' ވުމުގެ ބަދަލުގައި 'ދިވެހިން ހުލި ކުރާ' ބޭންކުތަކަށް ނޫން ބާވައޭ ހިތައް އަރައެވެ.